ހަބަރު

ޕީޕީއެމަކީ އެންމެ އުމުރު ހަގު އެންމެ ކާމިޔާބު ޕާޓީ: މައުމޫން

Oct 27, 2015
2

ޕްރޮގެރެސިވް ޕާޓީ އޮފް މޯލްޑިވް (ޕީޕީއެމް) އަކީ އެންމެ އުމުރުން އެންމެ ހަގު ސިޔާސީ ޕާޓީ ކަމަށާއި ނަމަވެސް ރާއްޖޭގައި މިހާތަނަށް އެންމެ ކާމިޔާބު ޕާޓީކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ބަޔާނެއް ނެރުއްވާ ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމަށް މިއަދު ހަތަރު އަހަރު ފުރުމާ ގުޅިގެނެވެ.

ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރަނީ ހިތާމަވެރި ދަނޑިވަޅެއްގައި ކަމަށާއި މިއީ ޕާޓީގެ މުސްތްޝާރު ރައީސް އަބުދުﷲ ޔާމީނަށް ދިން ހަމަލާގެ ހިމާތަވެރި ދަނޑިވަޅު ކަމަށެވެ. އަދި މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އާއޮ ޕާޓީގެ މުސްތަޝާރާއެކު ޕާޓީ އޮތް ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގައި އެންމެ ކާމިޔާބު ސިޔާސީ ޕާޓީއަށްވީ އިންތިހާބުތަކުގައި ހޯދި ނަތީޖާ އާއި ސައްހަ މެންބަރުންގެ އަދަދު އެންމެ ގިނަ ޕާޓީއަށް ވުމުން ކަމަށާއި މިއިއަ އަހަރު ވެސް އެޕާޓީންވަނީ 12 ބައި އިލެކްޝަނެއް ކާމިޔާބުކުރި ކަމަށެވެ.