ހަބަރު

ކަފުގައި އޮތް ބާޖެއްގެ ވާ ކެނޑި ބާޖު ގެއްލިއްޖެ

ވ. ކުނާވަށި ބޭރުން ޓަގެއްގެ ކަފު ޖަހައިގެން ގެންދިޔަ ބާޖެއްގެ ވާ ކަނޑައިގެން ގޮސް އޮޔާ ބެހި ގެއްލިފައިވާތީ ބާޖް ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

އެމްއެންޑީއެފް އިން މިރޭ ބުނީ ކ. ތިލަފުށިން ފުރައިގެން ވ. ކުނާވައްޓަށް ކަފު ޖަހައިގެން ދަތުރު ކުރަމުންދިޔަ 120 ފޫޓްގެ ބާޖެއްގެ ވާ ކަނޑައިގެން ގޮސް ގެއްލިފައިވާ ކަމަށެވެ. ބާޖު ގެއްލިފައި ވަނީ ވ. ކުނާވަށީގެ ފަސް ނޯޓިކަލް މޭލު ބޭރުންނެވެ. ބާޖު ހޯދުމަށް ކޯސްޓްގާޑުްނ ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެކަމަށް ސަމާލުވާން އެދިފައެވެ.