ހަބަރު

އަށް އަތޮޅަކަށް މޫސުމީ އިންޒާރު

Feb 3, 2021
1

ރާއްޖޭގެ އަށް އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުމީ އިންޒާރު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ނ. އަތޮޅުން ފެށެގެން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. މާލެ ސަރަހައްދު ހިމެނޭ ގޮތަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 7:00 އިން މެންދުރު ފަހު 1:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ސަރަހައްދުގައި ކަނޑުދަތުރުފަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.