ވެމްކޯ

މާލޭގައި ކުނި ނެރުން ރޭގަނޑު 8:30 އިން 9:30 އަށް

ކޮވިޑް ފެތުރުން ހުއްޓުމަށް އެޅި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން މާލޭގެ ގޭގެއިން ކުނި ނެރެން ޖެހޭ ގަޑި ބަދަލުކޮށްފި އެވެ.

ވެމްކޯއިން ބުނީ މާދަމާއިން ފެށިގެން ދެން ކުނި ނެރެން ޖެހޭނީ ރޭގަނޑު 08:30 އިން 09:30 އަށް ކަމަށެވެ. ނަމަވެސް ހުޅުމާލެއާއި ވިލިމާލޭގައި ކުނި ނެރެން ޖެހޭނީ ކުރިންވެސް ނެރެން ކަނޑައަޅާފައި އޮންނަ ގަޑީގަ އެވެ.

މީގެ ކުރިން ކުނި ނެރެން ކަނޑައަޅާފައި އޮންނަނީ ރޭގަނޑު 10 އިން 12 އަށެެވެ.

ވެމްކޯއިން ބުނީ މި ބަދަލު ގެނައީ ކުނިނަގާ ފަރާތްތަކުގެ ރައްކާތެރިކަމާ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.