ކ. ހިންމަފުށީގައި ވެމްކޯގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހް ކޮށްފި އެވެ.
އެ ރަށު މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިހިދުމަތް އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ހިންމަފުށީގައި ހަރަކާތްތެރިވާ ވެމްކޯގެ އިސް އޮފިޝަލަކު ވިދާޅުވީ ވެމްކޯއަށް މުވައްޒަފުން ނެގުމުގެ މަސައްކަތް އެރަށުގައި މިހާރު ހިނގަމުންދާ ކަމަށެވެ.
ހިންމަފުށީގައި މިއަދު ވެމްކޯގެ ހިދުމަތް އިފްތިތާހް ކުރި ނަމަވެސް ހިދުމަތް ފެށުމަށް އަދި ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެމްކޯގެ ހިދުމަތް ވީހާވެސް އަވަހަށް މުޅި ރާއްޖޭގައި ފެށުމަކީ އެ ކުންފުނީގެ އަމާޒެކެވެ.