އދ. އޮމަދޫ

ހަމަނުޖެހުމެއް ހިނގާ ކުޑަކުއްޖަކަށް އަނިޔާވެއްޖެ

އދ. އޮމަދޫގައި މިއަދު ހިނގި ހަމަނުޖެހުމެއްގައި ކުޑަކުއްޖަކަށް އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ އޮމަދޫގައި ފުޓްބޯޅަ ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގާ ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ ކުއްޖާ މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ. ފަރުވާ ދެނީ އައިޖީއެމް ހޮސްޕިޓަލްގައެވެ. ކުއްޖާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ނުބުނެއެވެ.

މި ހަމަނުޖެހުމުގެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށްވެސް ބުންޏެވެ.