ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ރައީސާ ބައްދަލު ކުރަން ކުލަބްތައް އެދިއްޖެ

Feb 14, 2021
1
ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާއެކު އެފްއޭއެމުން ބޭއްވި ބައްދަލު ވުމެއްގެ ތެރެއިން
0%
0%
0%

ކޮވިޑް-19 އިގެ ގައިޑްލައިނާ އެއްގޮތަށް ދިވެހި ޕްރިމިއާ ލީގް ކުރިއަށް ދަނިކޮށް ކުއްލިއަށް ލީގް މެދުކަނޑާލަން އެޗްޕީއޭއިން އެންގި އެނގުން ބަދަލުކޮށް ލީގް އަލުން ފެށުމުގެ ހުއްދަ ދޭން އެދި ކުރި މަސައްކަތުން ވެސް އެ އެތޯރިޓީން އެކަށީގެންވާ އިޖާބައެއް ނުލިބުމުން، އެކަމަށް ހައްލެއް ހޯދައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ކްލަބުތަކުން އެދިއްޖެ އެވެ.

ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެން، އެކަމާ ދެކޮޅަށް އެޗްޕީއޭއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޓީމު ކުޅިވަރުތައް މާލެ ސަރަހައްދުގައި ވަނީ މަނާ ކޮށްފަ އެވެ.

ނަމަވެސް، ލީގު ފުޓްބޯޅައަކީ އެތައް އާއިލާއެއްގެ އާންމްދަނީއާ ގުޅިފައިވާ އިންޑަސްޓްރީއެއް ކަމަށާއި، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ލީގް ކުރިއަށް ގެންދަނިކޮށް ލީގް މެދުކަނޑާލަން އެޗްޕީއޭއިން އެންގުމަކީ ފުޓްބޯޅައިން ލިބޭ އާންމްދަނީން ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިގެން ތިބި އެތައް އާއިލާއަކަށް އަސަރު ކުރާނެ ކަމެއް ކަމަށް ކުލަބުތަކުން ވަނީ ބުނެފަ އެވެ.

"މިއީ ވަރަށް ގިނަ ޒުވާނުންގެ މުސާރައާ ދިރިއުޅުމާ ގުޅިފައި އޮތް ސިނާއަތެއް. މިކަންކަން ކުރަން މިވަގުތު ރާއްޖޭގެ ފްރޮންޓްލައިނުގައި މިތިބީ އަޅގަނޑުމެންގެ ފަސްޓް ޑިވިޝަންގެ އަށް ކުލަބާއި ސެކަންޑް ޑިވިޝަންގެ ކުލަބުތައް އަދި ތާޑް ޑިވިޝަންގެ ކުލަބުތައް. އެޗްޕީއޭގެ ނިންމުމާ މެދު އަޅުގަނޑުމެންގެ ފުޓްބޯޅައިގައި އެބަހުރި ވަރަށް ބައިވަރު ކަންބޮޑުވުންތައް،" ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި މާޒިޔާގެ ޖެނަރަލް ސެކްޓްރީ އަބްދުލް ވައްހާބު ވިދާޅުވެފައިވެ އެވެ.

އެއާއެކު އެ ކަންބޮޑުވުންތަކާއެކު ރައީސް ސޯލިހާ ބައްދަލުކުރުމުގެ ފުރުސަތަކަށް އެދި ފުރަތަމަ ޑިވިޝަންގެ ހުރިހާ ކުލަބްތަކެއް ގުޅިގެން ސިޓީއަކުން މިއަދު ހުށަހަޅާފައިވާކަމަށް އޭގެ ތެރެއިން ކުލަބެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910