ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ޕްރެމިއާ ލީގް

ދިވެހި ލީގް މެޗުތައް ފަސް ކޮށްފި

ކޮވިޑް-19 އާ ވޭރިއަންޓްގެ ސަބަބުން ވަކި އެއްޗެއް އަންގެންދެން، ދިވެހި ޕްރިމިއާ ލީގް ފަސް ކޮށްފައިވާ ކަމަށް އެފްއޭއެމުން އިއުލާން ކޮށްފި އެވެ.

ލީގް ފަސް ކުރަން ނިންމިއިރު، ލީގްގެ ނުވަ ވަނަ ހަފުތާގެ އެންމެ ފަހު ދެ މެޗު މިއަދު ހަވީރާއި މިރޭ ކުޅޭ ގޮތަށް ކުރިން ހަމަޖައްސާފަ އެވެ. އެހެންނަމަވެސް އެ ދެ މެޗުންވެސް މިހާރު ވަނީ ފަސް ކޮށްފަ އެވެ. ލީގްގައި އެންމެ ފަހުން ކުޅުނު މެޗުގައި ރޭ ދަ ގުރާންޑޭ ބަލިކޮށް މާޒިޔާއިން ވަނީ ތާވަލުގެ އެއް ވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ އަދަދުތައް އިތުރު ވާން ފެށުމުން އެޗްޕީއޭއިން ވަނީ ޓީމު ކުޅިވަރުތައް ފަސް ކުރުމަށް އަންގާފަ އެވެ. އަދި އާންމު އިޖުތިމާއީ ހަރަކާތްތައްވެސް ނުބާއްވަން އެފްއޭއެމުން ވަނީ އަންގާފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހު ފެށުމަށާއި އޮކްޓޯބަރުގައި ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ އެޗްޕީއޭއިން ދިނީ އެފްއޭއެމުން އެކުލަވާލި ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ. ކޮވިޑްގެ އަދަުތައް މިހާ މަތި ވެގެން ދިޔައީ ފަސް މަސް ފަހުންނެވެ.