ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

ކޮވިޑް: އައްޑޫ އާއިލާތަކަށް އެހީވަނީ

ކޮވިޑް-19 އިގެ ނުރައްކާ އައްޑު އަތޮޅަށް ފެތުރިފައިވާތީ އެ އަތޮޅުހައި އެހީ ބޭނުންވާ ފަރާތްކަށް ޖެންޑާ މިނިސްޓްރީން އެހީ ފޯރު ކޮށްދޭން ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ އައްޑޫ ސިޓީ މޮނީޓަރިންއަށް ލުމާއި ގުޅިގެން ސިޓީގައި ދިރިއުޅޭ މީހުންގެ ތެރޭން އެހީ ބޭނުންވާ ފަރާތްތަކަށް މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެހީ ފޯރު ކޮށްދެމުން އަންނަ ކަމަށެވެ.

މި މަސައްކަތުގެ ތެރޭގައި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން ހާލުގައި އުޅޭ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށްފަހު އެފަރާތްތަކަށް "ކެއާ ޕެކޭޖެސް" ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މި މަސައްކަތުގެ ތެރެއިން ކާބޯތަކެއްޗާއި ބޯފެނުގެ އިތުރުން ސެނިޓައިޒާ އާއި މާސްކްގެ އިތުރުން އަންގި ފަދަ ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ.

ހިތަދޫ ކްލަސްޓާ އަދި އެ އަތޮޅޫ ހުޅުމީދޫ ކްލަސްޓާއިން މިހާތަނަށް 48 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އައްޑޫގައި ދެ ކްލަސްޓާ އުފެދި ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުން ދާތީ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފަ އެވެ.

އްޑޫ ސިޓީގައި އެޅި ފިޔަވަޅުތައް

  • ރޭގަނޑު 8 ކުން ފަތިހު 4 އަށް އެއްގަމު އުޅަނދުފަހަރު މަނާ
  • މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ
  • ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާ
  • އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން
  • ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވުން މަނާ
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން
  • ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން،
  • ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެ ކްލާސް ކުރިޔަށް ގެންދިޔުން
  • ހޮޓާ / ކެފޭ، ރެސްޓޯރަންޓް ތަކުގެ ހިދުމަތްތައް ހުއްޓާލުން
  • މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން