ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބިދޭސީން

ލިޔެކިޔުމެއް ނެތް ބިދޭސީން ވެކްސިނަށް ރަޖިސްޓްރީ ކޮށްދެނީ

Feb 15, 2021
5

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީން ކޮވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކޮށް ދިނުމަށް ހާއްސަ ޕްރަގްރާމެއް ފެށުމަށް ނިންމާފައިވާ ކަަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ވެކްސިން ޖަހަން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމް މާދަމާ ދުވަހު ފަށާނެ ކަމަށެވެ. އެ ޕްރޮގްރާމްގައި އެންމެ އިސްކަން ދޭނީ އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީން ރަޖިސްޓްރީ ކޮށް ދިނުމަށް ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ކޮންމެ ދުވަހަކު 250 ބިދޭސީން ރަޖިސްޓްރީ ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ވިދާޅުވި އެވެ.

"މި މަސައްކަތް ކުރުމަށް ރާވާފައި އޮތް ގޮތަކީ މާލެ ގޮފީގެ މައިގްރޭން ސަޕޯޓް ސެންޓަރުގެ ހޮޓްލައިންއަށް ގުޅައިގެން ރަޖިސްޓާ ވުމުން އަޅުގަނޑުމެން އެޕޮއިންޓްމަންޓެއް މި ދެނީ ސިސްޓަމުގައި ރަޖިސްޓްރީވާން އެ ފަރާތެއް އައުމަށް،" ހިމްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިންނާ ބެހޭ މައުލޫމާތު ބިދޭސީންނަށް ދިނުމާއި ވެކްސިން ރަޖިސްޓްރޭޝަންގެ މައުލޫމާތު ދިނުމަށް ހާއްސަ މަސައްކަތްތަކެއްވެސް ރެކްސެންޓުން ކުރާނެ އެވެ. އެ ގޮތުން ލޭބަރުން ގެންގުޅޭ ކުންފުނިތަކަށް މައުލޫމާތު ދިނުމުގެ ޕްރަގްރާމްތައް ހިންގުމާއި މާލޭގައި ލޮރީ ބުރުތައް ފަށާނެ އެވެ.