ކ. ގުރައިދޫ

ގުރައިދޫން 1200 ޓަނުގެ ކުނި ވެމްކޯއިން ނަގައިފި

ރަށްރަށުގައި ޖަމާވެފައި ހުރި ކުނި ނަގާ ނައްތާލުމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދާދި ފަހުން ފެށި މަސައްކަތުގެ ދަށުން ކ. ގުރައިދޫން ތެރެއިން 1200 ޓަނުގެ ކުނި ނަގައިފި އެވެ.

ގުރައިދޫން ކުނި ތައް ނެގިއިރު އެރަށުގެ ކުނި ކޮށިވެސް ވަނީ ސާފުކޮށްފަ އެވެ. އެތަނުން ވަނީ އެކިއެކި މައުދަކާއި އެކިކަހަލަ ރެސިޑިއުލް ކުނި ނަގައިފައެވެ. ނަމަވެސް އެރަށުން ނަގަން އޮތް ކުނި އަދިވެސް ވަރަށް ގިނަ އެވެ. ވެމްކޯއިން މީގެ ކުރިން ބުނީ އެރަށުން ގާތްގަނޑަކަށް 25،000 ޓަނުގެ ކުނި ނެގޭނެ ކަމަށް ބެލެވޭ ކަަމަށެވެ.

ރަށްރަށުގެ ގިނަ ދުވަސްތަކެއް ވަންދެން ޖަމާވެފައިވާ ކުނިތައް ނައްތާލުމަށް މިހާރު ކުރިއަށްދާ މަސައްކަތުގެ ދަށުން
ފުވައްމުލަކާއި ކުޅުދުއްފުށީ ސިޓީންވެސް ކުނިތައް ނަގަން ވެމްކޯއިން މިހާރު ވަނީ އަމާޒު ހިފައިފަ އެވެ. އޭގެ ތެރެއިން ކުޅުދުއްފުށީގެ "ކުނި ފަރުބަދަ" ޖަމާވެފައިވާ އޮންނަތާ މިހާރު 10 ވަރަަކަށް އަހަރު ވަނީ ވެފަ އެވެ.

ވެމްކޯއިން ފުވައްމުލަކުން މިހާތަނަށް ވަނީ 400 އަށް ވުރެ ގިނަ ޓަނުގެ ކުނި ނަގައިފަ އެވެ.