ދިވެހި މީޑިއާ

ކާފިއު ގަޑިއަށް މީޑިއާތަކަށް ހާއްސަ ފަހެއް ދޫކުރަނީ

ކޮވިޑާ ގުޅިގެން މިހާރު ރޭގަނޑު ކާފިއު އިއުލާންކޮށްފައިވާތީ އެގަޑިތަކުގައި ބޭނުންކުރަން ނޫސްވެރިންނަށް ހާއްސަ ފާހެއް ދޫކުރަން ނިންމައިފި އެވެ.

އެއާއެކު ދުއްވުން މަނާ ގަޑިތަކާއި ބޭރުން ނިކުންނަން މަނާ ގަޑިތަކުގައި އެ ފާސް ބޭނުންކޮށްގެން ނޫސްވެރިންނަށް ބޭރުގައި އުޅެވޭނެކަމަށް މީޑިއާ ކައުންސިލްއިން ބުނެ އެވެ.

އެ ފާހަށް އެދެން ބޭނުން ނަަމަ ލިޔެކިޔުންތަަކާއެކި މިމަހުގެ 20 ގެ ކުރިން އެކަމަށް އެދި މީޑިއާ ކައުންސިލަށް ހުށަހަޅަން އެ ކައުންސިލްއިން ވަނީ އަންގައިފަ އެވެ.

ކާފިއުގެ ގަޑިތަކުގައި ނޫސްވެރިންނާ ސަރުކާރުގެ މުހިންމު އެކި އިދާރާތަކުގެ މުވައްޒަފުން މަސައްކަތް ކުރެ އެވެ.ނަމަވެސް އެފަދަ މުވައްޒަފުންވެސް ރޭގަނޑު ހިފަހައްޓާތީ ޝަކުވާތައް ފުލުހުންނަށް ދަނީ އަމާޒުވަމުން ނެވެ. އިއްޔެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބަށް ރޭގަނޑު މަސައްކަތް ކުރި އެ ކައުންސިލްގެ މުވައްޒަފަކު ދާދި ފަހުން ހިފަހައްޓާ ޖޫރިމަނާ ކުރި ކަމަށެވެ. އަދި އެކަމުގައި ލުއި ދޭން ޝަރީފް އިއްޔެ ވަނީ ފުލުހުންގެ އިދާރާއަށް ގޮވާލައްވައިފަ އެވެ.