އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ދިވެހިންގެ ފަރާތުން 12.5 މިލިއަން ރުފިޔާ ފަަލަސްތީނަށް

ގަޒާ އެމެޖެންސީ ރިލީފް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން މީޑިއާތަކާ ގުޅިގެން "އަހަރެމެން ފަލަސްތީނާއެކު" މިނަމުގައި އިއްޔެ ހިންގި ޓެލެތޯން ނިމުނު އިރު 12.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި ޓެލެތޯންއަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއި މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯން އެކެ އެވެ.

މި ޓެލެތޯން ނިމުނު އިރު 12.5 މިލިއަން ރުފިޔާއާއި 8،300 ޑޮލަރު ވަނީ ލިބިފަ އެވެ. ޓެލެތޯން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެދުނު 10:00 އިން ފެށިގެން ގޮސް ރޭ މެންދަމު 12:00ގެ ނިޔަލަށެވެ.

ހަމާސްއާ ދެކޮޅަށް ޔަހޫދީ ސިފައިން ފަށާފައިވާ ހަގުރާމައިގައި ގަޒާގެ 4،000 އެއްހާ މުސްލިމުން ވަނީ މަރާލާފަ އެވެ.

ޣައްޒާއަށް އެހީވުމުގެ ގޮތުން ދިވެހިންގެ ބަޔަކު އިސްވެ ތިބެ ހިންގަމުން ގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ ވެއާ ހައުސްއަކަށްވެސް އިޒްރޭލު ސިފައިން ހަމަލާދީ އެ ވެއާ ހައުސް ވެސް ވަނީ އެއްކޮށް ހަލާކު ކޮށްލާފަ އެވެ.