ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އިންޑިއާގެ ވެކްސިން ޖަހަން ޕީޕީއެމްއިން ގޮވާލައިފި

އިންޑިއާގެ ސިރަމް އިންސްޓްޓިއުޓްގައި އުފައްދާފައިވާ އޮކްސްފޯޑް އެސްޓްރެޒެނިކާ "ކޮވިޑް ޝީލްޑް" ވެކްސިން ޖަަހަން އިދިކޮޅު ޕީޕީއެމްއިން ގޮވާލައިިފި އެވެ.

އޮކްސްފޯޑް ވެކްސިންއަށް ޑަބްލިއުއެޗްއޯއިން ހުއްދަ ދިނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ވެކްސިނަށް ޑަބްލިއުއެޗްއޯއިން ކުރިން ހުއްދަ ދީފައި ނުވުމުން ވެކްސިނުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ޕީޕީއެމްއިން ދިޔައި ގޮވާލަމުންނެވެ. ނަމަވެސް ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ކުރިން ވެކްސިން ޖައްްސަވައިފަ އެވެ.

ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮވިޑް ޝީލްޑް ޖަހަން މިހާރު ގޮވާލީ އެ ވެކްސިނަށް ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާތީ އެކަމަށް އިޖާބަދީ ދިވެހި ރައްޔިތުން ވެކްސިން ޖަހަން ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

"އެކަމަށް ދެވޭ ހިތްވަރެއްގެ ގޮތުން މި ކޯލިޝަންގެ މެމްބަރުންނާއި ކައުންސިލްގެ މެމްބަރުން ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ޖަހާނެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ރާއްޖެއަކީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާބިލްކަން ނެތް ގައުމަކަށްވެފައި އެކަމުގައި ޒަމާނުއްސުރެވެސް އަމަލުކުރަމުން ދިޔައީ ޑަބްލިއުއެޗްއޯގެ އިރުޝާދަށް ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އަމަލުކުރަން ޖެހޭނީ ޑަބްލިއުއެޗްއޯގެ އިރުޝާދަށް ކަމަށް ޕީޕީއެމްއިން ބުންޏެވެ.