ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ހަތަރުވަނަ ޑޯޒް ޖެހީ 1054 މީހެއް

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ވެކްސިންގެ ހަތަރުވަނަ ޑޯޒް -- ސެކަންޑް ބޫސްޓާ -- 1054 މީހަކު ޖަހައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމާ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ވެކްސިންގެ ތަފާސް ހިސާ ދައްކާ ގޮތުން ވެކްސިންގެ ހަތަރުވަނަ ޑޯޒް ޖަހާފައި އަދި ވަނީ އާބާދީގެ 0.23 އިންސައްތަ މީހުންނެވެ. އެއީ 1054 މީހެކެވެ. ތިންވަނަ ޑޯޒް -- ފަސްޓް ބޫސްޓާ -- ޖަހާފައިވަނީ 166،271 މީހެކެވެ. އެއީ އާބާދީގެ 36.72 އިންސައްތަ އެވެ.

މިހާތަނަށް ފުރަތަމަ ޑޯޒް ޖަހާފައިވަނީ 399،050 މީހެކެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 88.13 އިންސައްތަ އެވެ. ދެވަނަ ޑޯޒް ޖަހާފައިވަނީ އާބާދީގެ 84.99 އިންސައްތަ އެވެ. އެއީ 384،827 މީހެކެވެ.

ރާއްޖޭ ވަނީ ކޮވިޑްގެ ނުރައްކާތެރި ހަތަރު ރާޅެއްގެ ތަޖުރިބާ ކޮށްފައެވެ. އެ ދުވަސްތަކުގައި ބަލި ވަރަށް ބޮޑަށް ފެތުރި ކޮންމެ ދުވަހަކު އެތައް ބަޔެއްގެ ހަށިގަނޑުން ބަލި ފެނުނެވެ. އެތައް ބަޔަކު އެ ބަލީގައި މަރުވިއެވެ. ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 300 އިން މައްޗަށް އަރާފައެވެ.