ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އިތުރު އެއްލައްކަ ވެކްސިން ޑޯޒް އިންޑިއާއިން ފޯރުކޮށްދެނީ

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބުރަހްމަންޔަން ޖައިޝަންކަރު -- ފޮޓޯ: ފޮރިން މިނިސްޓަރު
0%
0%
0%

އިތުރު އެއްލައްކަ ކޮވިޑް ޝީލްޑް ވެކްސިން ޑޯޒްތައް ރާއްޖެއަށް ދޭން އިންޑިއާއިން ދޭން ނިންމައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބުރަހްމަންޔަން ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެން އެކަން ވަނީ އިއުލާނު ކުރައްވައިފަ އެވެ. އަދި "ރަމްޒީ" ގޮތުން އެ ވެކްސިންތައް ވަނީ ސަރުކާރާ ހަވާލުވެސް ކުރައްވާފަ އެވެ. ދިވެހި ސަރުކާރުން ހަވާލުވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ ކޮވިޑް ޝީލްޑް ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ކޮވިޑް ޝީލްޑް ވެކްސިނަކީ އޮކްސްފޯޑް-އެސްޓެރެޒިނަކާ އިން އުފެއްދި ވެކްސިނެކެވެ. އެ ވެކްސިން އިންޑިއާގައި އުފައްދަނީ އެގައުމުގެ ސިރަމް އިންސްޓްޓިއުޓްގަ އެވެ.

އިންޑިއާގެ މިނިސްޓަރުގެ ދަތުރުގައި ރާއްޖެއަށް ދޭން ނިންމާފައިވާ އިތުރު އެހީތަކާ ގުޅޭ އެއްބަސްވުންތަކުގައި ވެސް ސޮއި ކުރައްވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910