ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދެކުނު ކޮރެއާއިން ރާއްޖެއަށް ޓެސްޓު ކިޓުތަކެއް ހަދިޔާކޮށްފި

Jul 18, 2020

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދެކުނު ކޮރެއާ ސަރުކާރުން 150 ޓެސްޓް ކިޓް ހަދިޔާކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ދެކުނު ކޮރެއާއިން ފޯރުކޮށްދިން ދީލަތި މި އެހީތެރިކަމަށްޓަކައި ދެކުނު ކޮރެއާގެ ސަރުކާރާއި، ރައީސް މޫން ޖެއިއިން އާއި ފޮރިން މިނިސްޓަރު ކަންގް ކުޔުންގްވާ އަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައިވާ ކަމަށެވެ.

އެގޮތުން، މިއަދު ހަދިޔާކުރި 150 ޓެސްޓް ކިޓް ބޭނުންކޮށްގެން 15،000 ކޮވިޑް-19 ޓެސްޓް ހެދޭނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި މިއީ ކޮވިޑް-19 ކޮންޓްރޯލްކޮށް، އިތުރަށް ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއްކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖެއާއި ދެކުނު ކޮރެއާ އާއި ދެމެދު ގާތް ގުޅުމެއް އުފެދިފައިވާއިރު، ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެކުވެރި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން، މީގެ ކުރިންވެސް ގިނަ އަދަދެއްގެ ޓެސްޓް ކިޓާއި ޕީޕީއީ އަދި ބައްޔަށް ފަރުވާދޭން ބޭނުންކުރާ ބޭހާއި އެހެނިހެން އާލާތްތައް އެ ފަރާތްތަކުން ވަނީ ހަދިޔާކޮށްފަ އެވެ.