ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ޕާކިސްތާނުން ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތައް އުވާލަނީ

ޕާކިސްތާނުން ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައި ހުރި ހުރިހާ ފިޔަވަޅެއް އުވާލައިފި އެވެ. އެ ގައުމުން ބުދަ ދުވަހު ބުނީ އާންމު ހާލަތަށް ރުޖޫއަވުމަށް ހުރިހާ ކަމަކަށް ހުއްދަދޭނެ ކަމަށެވެ. އެގޮތުން އާންމުން އެއްވެ އުޅޭ މައިދާންތަކާއި ސައި ހޮޓާތައް އަދި ފިހާރަތައް ފަދަ އެއްފަހަރާ ގިނަ ބަޔަކު ހިދުމަތްހޯދާ ހުރިހާ ތަނެއް ހިމެނެ އެވެ.

ދުނިޔޭގައި އަދި ދެމެހެއްޓެނިވި ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެމުން ދާއިރު، ޕާކިސްތާނުން ފިޔަވަޅުތަކަށް ލުއިދީފައި ވަނީ ނުރައްކާ މިންގަނޑާ މެދު ވަރަށް ބޮޑަށް ހޭލާތިބެގެންނެވެ. ޕާކިސްތާންގެ އާބާދީއަށް ބަލާއިރު ކޮވިޑް ކޮންޓްރޯލްކުރުމުގައި ފާހަގަކުރެވޭ ވަރަށް ކާމިޔާބުހޯދާފައިވާ ކަމަށް ބުނެވެ އެވެ. އެހެންނަމަވެސް، މިހާރުގެ ހާލަތުގައި ދުވަހު ކޭސްތައް އުޅެނީ 1،000 އިން މަތީގަ އެވެ.

ޝޮޕިން ސެންޓަރުތަކަށް ވަދެއުޅުމަށް ކުރިން ކަނޑައަޅާފައި އޮތް ވަގުތުއް އުވާލައި، ވިޔާފާރި މާކެޓްތަކާއި ކުޅިވަރުކުޅޭ މައިދާންތައް ވަގުތުން ހުޅުވަން ވެސް ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް ކެއިން ބުއިމުގައި މީހުން ގިނަވަގުތު ހޭދަކުރާ ރެސްޓޯރަންޓްތައް އަދި ކައިވެނި ޕާޓީތަކަށް ހުއްދަދޭން ނިންމާފައި ވަނީ މާޗް 15 އިން ފެށިގެންނެވެ. ކޮވިޑް ޚާއްސަ ފަޔަވަޅުތަކާ އެކު ސިނަމާތައް ވެސް މިތާރީޚުން ފެށިގެން ހުޅުވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ޕާކިސްތާން ކޮވިޑްގެ ހާލަތަށް މިހާ ބޮޑު ލުޔެއްދިން ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފައި ހުރި އިރުޝާދަށް ބޯލަނަބާނެ ކަމަށް ވަނީ ބުނެފަ އެވެ. މާސްކްއެޅުން އަދި ގިނައިރު މަޑުކޮށްގެން ނުތިބުން ފަދަ އަދަބުތައް ދަމަހައްޓާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕާކިސްތާން 200 މިލިއަނަށް ވުރެ ބޮޑު އާބާދީއަށް ކޮވިޑް ވެކްސިންދިނުމަށް އިސްލާމްއާބާދުގައި ވަނީ ޕްރޮގްރާމް ފަށާފަ އެވެ. ފުރަތަމަ ފިޔަވަހީގައި ސިއްހީ އޮފިޝަލުން އަދި 65 އަހަރުން މަތީ އުމުރުފުރައަށް ދަނީ ވެކްސިންދެމުންނެވެ. އަދި މުޅި އާބާދީއަށް ވެކްސިން ދިނުމަށް ޗައިނާއާ ރަޝިއާ އަދި ކޯވެކްސް ޕްރޮގްރާމުން ވެކްސިންހޯދަން ދަނީ މަސައްކަތްކުރަމުންނެވެ.