ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިޒްރޭލް ރައްޔިތުންނަށް ވެކްސިންދޭން ފަށާއިރު ފަލަސްތީނަށް ދިގު އިންތިޒާރެއް

އިޒްރޭލް އާބާދީގެ ދެބައިކުޅަ އެއްބަޔަށް ދެވޭ ވަރަށް އެ ގައުމުން މިހާރު ވެސް ވެކްސިން ކަށަވަރުކޮށްފި އެވެ. އިޒްރޭލަށް މިހާ ފަސޭހައިން ވެކްސިން ހޯދިފައި ވަނީ ބޮޑުވަޒީރު ބެޖަމިން ނަތަންޔާހޫ ފައިޒާގެ ވެރިންނާ ސީދާ ބައްދަލު ކުރައްވައި އާދޭސް ދަންނަވައިގެނެވެ.

އިޒްރޭލު ރައްޔިތުންނަށް އަންނަ ހަފުތާގައި ވެކްސިންދޭން ފަށާއިރު، ފަލަސްތީން މީހުންނަށް އަދި ވެސް އޮތީ އިންތިޒާރު ކުރުމެވެ. ވެކްސިނެއް ލިބޭނެ ގޮތެއް ވެސް ނެތެވެ. އޮތް ހަމައެކަނި އުންމީދަކީ ޑަބްލިޔުއެޗްއޯ މެދުވެރި ވެގެން ހިންގާ ކޯވެކްސް ޕްރޮގްރާމެވެ. އެހެން ނަމަވެސް، މި ޕްރޮގްރާމްގެ ހަބަރުތައް ހުރީ އެންމެ އެދެވޭ ގޮތަކަށް ނޫނެވެ. ފެއިލް ވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ކޮވިޑް ވެކްސިން ހޯދުމަށްޓަކައި އިޒްރޭލުން ފައިޒާ ބަޔޮންޓެކްއިން އަށް މިލިއަން ޑޯޒް ގަތުމަށް އެއްބަސްވުމެއް ހަދާފައިވާއިރު، މޮޑާނާއިން ވެސް ހަމިލިއަން ވެކްސިން ގަންނާނެ ކަމަށްވެ އެވެ.

އިޒްރޭލުން ވަނީ ވެކްސިން ރައްކާ ކުރަން ބޭނުންވާ އާލާތްތައް ވެސް ހޯދާފަ އެވެ. ޚާއްސަކޮށް ފައިޒާ ބަޔޮންޓެކް ވެކްސިން ގަދަ ފިނީގައި ބެހެއްޓޭ ގޮތަށް ވެސް އިންތިޒާމްތައް ވަނީ ހަމަޖައްސާފަ އެވެ.

ފަލަސްތީނުން މައުލޫމާތުދޭ ގޮތުގައި އެ މީހުން ވެސް އަންނަނީ ފައިޒާ އާއި މޮޑާނާ އަދި އެސްޓްރަޒެނެކާއާ މަޝްވަރާ ކުރަމުންނެވެ. ކޯވެކްސް ފިޔަފައި އިތުރު އުންމީދެއް ނެތް ތަނުގައި، ވެކްސިން ރައްކާ ކުރާނެ ފަދަ ވެސް ފަލަސްތީނަށް ލިބިފައެއް ނެތެވެ.

އިޒްރޭލާ ފަލަސްތީންގައި ވެސް ކޮވިޑް ކޮންޓްރޯލެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުގައި 366،000 މީހުންނަށް ކޮވިޑް ޖެހިއްޖެހި 3،000 މީހުން ވަނީ މަރުވެފަ އެވެ. ފަލަސްތީނުގައި 30،000 މީހުންނަށް ޖެހި 220 މީހުން ވަނީ މަރުވެފައި އެވެ.