ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިޒްރޭލް ޖަލުގައި ތިބި ފަލަސްތީން މީހުންނަށް ކޮވިޑް ވެކްސިންދެނީ

އިޒްރޭލް ޖަލުތަކުގައި ތިބިހާ ބަޔަކަށް ކޮވިޑް ވެކްސިން ދޭނެ ކަމަށް އިޒްރޭލް ޕްރިޒަން ސާވިސްއިން ބުނެފި އެވެ. ޕްރިޒަން ސާވިސްއިން ވެކްސިން ދޭން ކަނޑައެޅި ލިސްޓްގައި، ޖަލުތަކުގައި ތިބި ފަލަސްތީން މީހުން ވެސް ހިމެނެ އެވެ.

އިޒްރޭލުން މީގެ ކުރިން ބުނީ ޖަލުތަކުގައި ތިބި ފަލަސްތީން މީހުނަށް ވެކްސިން ދޭނީ އެ ގައުމުގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ފަހު ބާކީ ވެއްޖެ ނަމަ އެވެ. އެހެން ނަމަވެސް. އިޒްރޭލަށް މިހާރު ޖެހިފައި ވަނީ އެ ބުނުން ބަދަލުކޮށް ޖަލުތަކުގައި ތިބި މީހުނަށް ވެސް ވެކްސިން ދޭނެ ކަމަށެވެ.

އިޒްރޭލްގެ އެޓާނީ ޖެނެރަލް އަދި ކުށްވެރިންގެ ހިމާޔަތުގައި މަސައްކަތްކުރާ ގުޅުންތަކުން ވެސް ވަނީ ވެކްސިން ދިނުމަށް އެދިފަ އެވެ.

ކޮވިޑް ވެކްސިން ދިނުމުގައި އިޒްރޭލް އުޅެނީ ވަރަށް ކުރީގައި ކަމަށް ބުނެވެ އެވެ. އޭއެފްޕީ ރިޕޯޓްކުރާ ގޮތުން އިޒްރޭލުން ވެކްސިން ދީފައިވާ އަދަދު މިހާރު ވެސް އުޅޭނީ ދެ މިލިއަނަށް ވުރެ މަތީގަ އެވެ.

އިޒްރޭލުން ހޯދާފައިވާ މި ކާމިޔާބާއެކު ވެސް، ޖަލުތަކުގައި ތިބ ފަލަސްތީން މީހުންނަށް ވެކްސިން ދޭނީ އެންމެ ފަހުން ކަމަށް ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އަމީރު އޮހާނާ ވިދާޅުވުންވީ ކުޑަދުލުގައި ޖެހުނު ކަށްޓަކަށެވެ. ކުށްވެރިންގެ ހިމާތަކުގައި މަސައްކަތްކުރާ ޖަމާއްއަތްތަކުން އުތުރިއަރައިގަތުމުން ސަރުކާރަށް ވަނީ އެނގުންވެފަ އެވެ.

އިޒްރޭލު ޖަލުތަކުގައި ހައްޔަރު ކޮށްފައި ފަލަސްތީން 4،400 މީހުން ތިބި ކަމަށް އަންދާޒާތަކުން ދައްކަ އެވެ. އޭގެ ތެރެއިން 250 މީހުންނަށް ކޮވިޑްޖެހިފައިވާ ކަމަށް ވެސް ފަލަސްތީން ޕްރިޒަނާސް ކްލަބްއިން ބުނެ އެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ޖަލުތަކުގައި ތިބި މީހުނަށް ވެކްސިން ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ހިނގައިދާނެ ކަމަށެވެ.