ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގާޒާ

ޔޫއޭއީން 20،000 ޑޯޒް ކޮވިޑް ވެކްސިން ގާޒާއަށް

ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން 20،000 ޑޯޒް ކޮވިޑް ވެކްސިން ފަލަސްތީނުގެ ގާޒާއަށް އެތެރެ ކޮށްފި އެވެ. ގާޒާއަށް ގެންގޮސްފައި ވަނީ ރަޝިއާ ސްޕްޓްނިކްވީ ވެކްސިނެވެ. ވެކްސިން އެތެރެ ކޮށްފައި ވަނީ މިސްރު ތެރެއިން ރަފާ ބޯޑަރު ހުރަސްކޮށް، އިޒްރޭލުގައި ކަމުނުކިޔަ އެވެ.

ގާޒާއަށް އެތެރެކުރި ވެކްސިން ޝިޕްމަންޓާ ފަލަސްތީން ރައީސް މަހަމޫދު އައްބާސްއާ މާބޮޑު ގުޅެމެއް އޮތް ކަމަކަށް ނުވެ އެވެ. މިކަން ކޮށްފައި ވަނީ އައްބާސްގެ ފަތަހަ ޖަމާއަތުގައި ކުރިން މަސައްކަތްކުރެއްވި ނަމަވެސް މިހާރު އަބޫދާބީއަށް އަރުވާލެވިގެން އުޅޭ މުހައްމަދު ދަހްލާން ކަމަށް ބުނެވެ އެވެ. އޭނާ ވިދާޅުވީ މިއީ އަބޫދާބީގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ހަމަޖެނުނު ޝިޕްމަންޓެއް ކަމަށެވެ.

މި ޝިޕްމަންޓަކީ އަޑު އިވިފިވާ ގޮތުން ގާޒާގައި ރަސްމީކޮށް ވެކްސިން ދޭން ފެށުމުގެ ސިއްހީ އޮފިޝަލުން ތައްޔާރުވުމަށް ދިން އެހީއެކެވެ. ގާޒާގައި އާންމުކޮށް ވެކްސިން ޖަހަން ފެށުމުގެ ކުރިން މަގަތު ސަފުގައި މަސައްކަތްކުރާ އޮފިޝަލުން ރައްކާތެރިވުމަށް ހަމަޖެއްސި އެހީއެއް ކަމަށެވެ.

ފަލަސްތީނަށް ވެކްސިން ފޯރުކޮށް ދިނުމުގައި އިޒްރޭލުން ބިރު ދެއްކުން ވަނީ ދުނިޔޭގެ ސަމާލު ކަމަށް އައިސްފަ އެވެ. އިލްރޭލް ބޯޑަރު ހުޅުވައިދީގެން ނޫން ގޮތަކަށް ފަލަސްތީނަށް ވެއްދެއް ނެތް މުދަލާއި އެހެނިހެން ޝިޕްމަންޓްތައް ގަސްދުގައި ލަސްކުރުވާ މައްސަލަ އޮތީ އދ. އާ ހަމައި އެވެ.

އިޒްރޭލުން ކުރިން ބުނީ ޖަލުތަކުގައި ތިބި ފަލަސްތީން މީހުންނަށް ވެކްސިން ދޭނީ އިޒްރޭލް މީހުންނަށް ދީފައި ބާކީވެއްޖެ ނަމަ ކަމަށެވެ. އަދި ފަލަސްތީނާ މެދު ވެސް ގޮތެއް ނިންމޭނީ އެއަށް ފަހު ކަމަށެވެ. އެހެން ނަމަވެސް، މިކަމާ ގުޅިގެން އިޒްރޭލު ކުރިމަތިލާން ޖެހުނު ފާޑުކިޔުންތަކާ ހެދި ކޮންވެސް ވަރެއްގެ ލުޔެއް އޮތީ ލިބިފަ އެވެ.