ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޔުނައިޓެޑް އަރަބް އެމިރޭޓްސް

ވެކްސިން ނުޖަހާ ނަމަ އެމިރޭޓްސްއިން ބޭރުނުވެވޭނެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި އާންމު ރައްޔިތުންނަށް ކޮވިޑް އުސޫލުތައް ހަރުކަށިކޮށްފި އެވެ.

ޔޫއޭއީ ފޮރިން މިނިސްޓްރީން ބުނީ ވެކްސިން ނުޖަހާނަމަ އެ ގައުމުގެ އެއްވެސް ރައްޔިތަކަށް ޖެނުއަރީ 10ގެ ފަހުން ގައުމުން ބޭރުނުވެވޭނެ ކަމަށެވެ.

ނެޝަނަލް އިމާޖެންސީ ސްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ކޮވިޑްގެ ނުރައްކާ ނެތި ދިޔައީ ނޫން ކަމަށާއި ބަލިފެތުރުމުގައި އާންމުންގެ އިހުމާލު ބޮޑު ކަމަށެވެ.

ފޮރިން މިނިސްޓްރީން އެދިފައި އޮތް ގޮތަށް ގައުމުގެ ހާލަތު ދަމަހައްޓާނެ ކަމަށް ޕޮލިހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަނުން ވެސް ވަނީ ބުނެފަ އެވެ.

ޔޫއޭއީގައި ކޮވިޑްގެ ހާލަތު ތައްކަތުވެފައި އޮތުމަށް ފަހު ކޭސްތައް އިތުރުވަމުން އަންނަ ކަމަށް ހެލްތުން ބުނެ އެވެ. ދައުލަތުގެ ނޫސް އޭޖެންސީން ބުނި ގޮތުން ކޮވިޑް ޖެހިގެން ރިޕޯޓްކުރާ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

ޔޫއޭއީ އޮފިޝަލުން ބުނާ ގޮތުން ކޮވިޑްގައި ދުނިޔެއަށް އެންމެ ބޮޑުވަރުވި ދުވަސްވަރެކޭ އެއްފަދަައިން އަމަލުކުރަން ޖެހުމާއި ނުޖެހުން އޮތީ އާންމުންގެ އަތްމަތީގައި ކަމަށާއި އިދާރާތަކުން ދޭ ނަސޭހަތާ އެއްގޮތަށް ހުރިހާ އެއްމެންވެސް ވެކްސިން ޖަހަށް އެދޭ ކަމަށެވެ.

ސިއްހީ މާހިރުންގެ ލަފާ އަކީ ވެކްސިން ޖެހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އާންމު ރައްޔިތުންނަށް ގައުމު ދޫކޮށް ނުދެވޭނެ ގޮތް ހެދީ ވެސް ވަސްވާހުގައި ޖެހިގެން ވެކްސިން ޖަހަން ބޭނުންނުވާ މީހުން އިތުރުވާތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.