ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އަބޫދާބީ ޕްރައިވެޓް ހޮސްޕިޓަލެއްގައި ކޮވިޑް ބަލިމީހަކު ނެތް

އެމިރޭޓްސްގައި ހިންގާ އެއްވެސް ޕްރައިވެޓް ހޮސްޕިޓަލެއްގައި ކޮވިޑް ބަލިމީހަކު ނެތް ކަމަށް އަބޫދާބީގެ ޑިޕާޓްމަންޓް އޮފް ހެލްތުން ބުނެފި އެވެ. އަދި ބުނީ އަމިއްލަ ހޮސްޕިޓަލްތައް ކޮވިޑުން މިންޖުވެފައިވާ ކަމަށެވެ.

ޝެއިޚް ޚަލީފާ މެޑިކަލް ސިޓީ (އެސްކޭއެމްސީ) ގައި މިވަގުތު ކޮވިޑުގެ އެއްވެސް ކޭހެއް ނެތެވެ. ޑިޕާޓްމަންޓް އޮފް ހެލްތުން ބުނީ އާދައިގެ ހާލަތުގައި ހޮސްޕިޓަލުން ދިން ފަރުވާއަށް ރުޖޫއަވާ ކަމަށާއި ސްޕެޝަލިސްޓުންނަށް ދައްކަން އެދޭ އާންމު ރައްޔިތުންނަށް ހޮސްޕިޓަލް ހުޅުވާލާ ކަމަށެވެ.

އަލް ރަހްބާ ހޮސްޕިޓަލް މިހާރު ހާއްސަކޮށްފައި ވަނީ ކޮވިޑް ބަލި މީހުން ހިމެނޭ ގޮތަށް ގައިންގަޔަށް އަރާ ބަލިތަކަށް ހާއްސަ ސެންޓަރެއްގެ ގޮތުގަ އެވެ.

އެމިރޭޓްސްގެ ޑިޕާޓްމަންޓް އޮފް ހެލްތުން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން ދެން އެޑްމިޓް ކުރާނީ އަބޫދާބީގެ އަލް ރަހްބާ އާއި އަލް އައިން ސިޓީގެ އަލް އައިން ހޮސްޕިޓަލުގެ އިތުރުން އެމިރޭޓްސްގެ އެކި ހިސާބުތަކުން ވަކި ހޮސްޕިޓަލްތަކެއްގައި ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ހެލްތުގެ އަންޑާ ސެކްރެޓަރީ ޑޮކްޓަރު ޖަމާލް މުހައްމަދު އަލްކާބީ ވިދާޅުވި ގޮތުގައި ޝައިޚް ޚަލީފާ މެޑިކަލް ސިޓީގައި ކޮވިޑާ ގުޅިގެން ކުރެވުނު މަސައްކަތްތައް ވަރަށް ކާމިޔާބެވެ. އަދި ސަރުކާރާއި އަމިއްލަ ސެކްޓަރުގެ އެއްބައިވަންތަ ކަމާއެކު ކުރެވުނީ ގައުމީ މަސައްކަތެކެވެ.

އަލް ރަހްބާ ހޮސްޕިޓަލް މަރާމާތުކޮށް މިހާރު ވަނީ ޖާގަ ވެސް ބޮޑުކޮށްފަ އެވެ. އޮފިޝަލުން ބުނާ ގޮތުން ދެން އޮތީ އާދައިގެ ހާލަތަށް ރުޖޫއަވެ އާންމު ފަރުވާތައް ފަށައިގަތުމެވެ.