ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑުން ސަލާމަތް ވެވިއްޖެ: ޔޫއޭއީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް މިހާރު އޮތީ ކޮވިޑުން ސަލާމަތްވެފައި ކަމަށް ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ޒައިދު އައްނަޙްޔާން ވިދާޅުވެއްޖެ އެވެ.

ޕްރިންސް ވިދާޅުވި ގޮތުން ދެން އޮތް މަސައްކަތަކީ ކޮވިޑްގެ ކުރިން ޔޫއޭއީ އޮތް ހާލަތަށް ގެނައުމެވެ.

ދުނިޔޭގައި ކޮވިޑް ފެތުރިގަނެ ގައުމުތަކަށް އެންމެ ނުރައްކާ ބޮޑުވިއިރު ވެސް ޔޫއޭއީ ލައްޕާފައި ބޭއްވުމުގެ ވިސްނުމެއް އެ ގައުމުގެ ސަރުކާރުން ނުގެންގުޅެ އެވެ. އެ ދަނޑިވަޅެއްގައި އަންޅަން ޖެހުނު ޚާއްސަ ފިޔަވަޅުތަކެއް ފިޔަވައި އިގުދިސޯދަށް ހުޅުވާލައިގެން ގައުމު ހިންގަމުން ދެންދިޔަ އެވެ.

ޕްރިންސް ނަހްޔާން ވިދާޅުވި ގޮތުން ޔޫއޭއީގައި ކޮވިޑް މިހާރު އޮތީ އާދައި ރޯގާއެއް ފަދައިންނެވެ. އަދި ކޮވިޑަކީ މިހާރު ފަރުވާއަށް ގުޑުވާލެވޭ ބަލިމަޑުކަމެއް ކަމަށް ބޭސް އުފައްދާ ކުންފުނިތަކުން ބުނެފައި އޮތުމުން ކޮވިޑްގެ ނުރައްކާތެރިކަމާ މެދު އާންމުގެ މެދުގައި ވެސް އޮތީ ލާހިކު ވިސްނުމެކެވެ.

ޔޫއޭއީގެ ސިއްހީ އިދާރާތަކުން އަންގާރަ ދުވަހު ހާމަކުރި އަދަދުތަކަށް ބަލާއިރު މިވަގުތު ކޮވިޑް ޖެހިފައި ވަނީ 176 މީހުންނެވެ. އެއީ އޮގަސްޓް 3، 2020 އަށް ފަހު އެންމެ މަދުން ކޮވިޑް ޖެހުނު ދުވަހެވެ.

ކޮވިޑް ޖެހިގެން ޔޫއޭއީގައި މަރުވި ކަމަށް ރެކޯޑްކޮށްފައި އޮތީ 2،104 މީހުންނެވެ. މި ހަފުތާގެ އަންގާރަ ދުވަހު ކޮވިޑްގައި އެކަކު މަރުވިއިރު 258 މީހުން ބަލިން މިންޖުވި އެވެ.