ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އީދު ބަންދަށްފަހު އަގުސޯ އަލުން ހުޅުވަނީ

May 20, 2020
1

ގުދުސް (މެއި 20) - ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން މީގެ ދެ މަހެއްހާ ދުވަސް ކުރިން ބަންދު ކޮށްފައިވާ މާތް ވެގެންވާ ގުދުސްގައި ހުންނަ އަލް މަސްޖިދުލް އަގުސޯ ފިތުރު އީދު ބަންދަށް ފަހު އަލުން ހުޅުވާލަން ނިންމައި، އެކަން އިއުލާނު ކޮށްފި އެވެ.

މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސޯ ބެލެހެއްޓުމަށް ޖޯޑަންއިން އިސްވެ ހަވާލު ކޮށްފައިވާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފިތުރު އީދުގެ ބަންދު ތިން ދުވަހަށް ފަހު، އެ މިސްކިތް އަލުން ހުޅުވާލާނެ ކަމަށެވެ.

ކޮވިޑް-19 ފެތުރިގެން ދިއުމާއެކު، މިދިއަ މާޗް މަހު އަގުސޯ މިސްކިތް ބަންދުކުރީ އާއްމުންގެ ތެރޭގައި ބަލި ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އިޒުރޭލުން، ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިނގަމުންދާ ގަތުލުއާންމާއި އުދުވާންގެ ތެރެއިން އަގުސޯ މިސްކިތަށް ޒިޔާރްތް ކުރުމުގެ ފުރުސަތު ފަލަސްތީންގެ ކޮންމެ މީހަކަށް ނުދެ އެވެ. އަދި ފަލަސްތީނަށް ގޮސް ހަދާ މީހުންނަށް ވެސް އެ ފުރުސަތު ލިބުމުގައި އަބަދުވެސް އުނދަގޫތައް ކުރިމަތި ވެއެވެ.

އަގުސޯ މިސްކިތަކީ މުސްލިމުންގެ އެންމެ މުގައްދަސް ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ.