ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްރީލަންކާ

ލަންކާ ހުޅުވާލުމުން ފުރަތަމަ ބޯޓުގައި ދެ ޓޫރިސްޓުން

Jan 21, 2021
1

އަވަށްޓެރި ސްރީލަންކާ ހުޅުވާލުމުން ބަންޑާރަނައިކަ އިންޓެނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ކޮމާޝަލް ފްލައިޓް ޖައްސައިފި އެވެ.

ކޮވިޑްގެ އުނދަގޫ ހާލަތަށް ފަހު ހާއްސަ ފިޔަވަޅު ތަކާއެކު ސްރީލަންކާ މިއަދު ދުނިޔެއަށް ހުޅުވައިލުމުން ފުރަތަމަ ޖައްސާފައި ވަނީ އޮމާން އެއާގެ ބޯޓެކެވެ.

އެއާޕޯޓް އެންޑް އޭވިއޭޝަންގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ވެރިޔާ ސްމިތު ޑިސިލްވާ މިއަދު ކޮލަމްބޯ ގެޒެޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ގައުމު ހުޅުވާލުމުން ފުރަތަމަ ޖެއްސި ފްލައިޓްގައި ތިބީ 49 ފަސިންޖަރުން ކަމށާއި އޭގެ ތެރެއިން ޓޫރިސްޓުންގެ ގޮތުގައި ސްރީލަންކާއަށް ދިޔައީ ދެ މީހުން ކަމަށެވެ. އަދި ބާކި ތިބި މީހުންނަކީ ސްރީލަންކާގެ ރައްޔިތުން ކަމަށެވެ.

ލަންކާ އެއާޕޯޓް މިއަދު ޓޫރިޒަމަށް ހުޅުވާލި އިރު ދަތުރުވެރިން ކޮންމެހެން ސަމާލުވާން ޖެހޭ ކަންތައްތަކަށް ވަނީ ވަރަށް ބޮޑަށް ހޭލުންތެރި ކުރުވާފަ އެވެ. މިހާރު ލަންކާއަށް އެތެރެވެ ތިބުމަށް ވަކި މުއްދަތެެއް އަދި ވަކި ގައުމެއް އިސްތިސްނާވެފައެއް ނެތެވެ. އިނގިރޭސީ ވިލާތުން ދާ މީހުންނަށް ވެސް ލަންކާއަށް ވަދެވޭ އުސޫލުތަކެއް ވަނީ ހަދާފައި ވެއެވެ.

ލަންކާއަށް އެތެރެވާއިރު ވިސާ އޮންނަން ޖެހެ އެވެ. ވިސާ ފޯމް ފުރާނީ އިމިގްރޭޝަން އޮންލައިން، "އިލެކްޓްރޯނިކް ޓްރަވެލް އޮތޮރައިޒޭޝަން" ޕޯޓަލް މެދުވެރި ކޮށެވެ. އަދި ދަތުރަށް ފަށައިގަތުމާއެކު ހޮޓަލެއް ބުކް ކުރަން ޖެހެ އެވެ. ކުރިއާލައި ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ހުށަހަލަންޖެހެ އެވެ. ހޮޓެލް ބުކިން ހަދަން ޖެހެނީ ލަންކާ ސިއްހީ އިދާރާތަކުން ހުއްދަދޭ ހޮޓަލަކުންނެވެ. އެއާއެކު ކޮވިޑް އިންޝޫރެންސްއަށް 12 ޑޮލަރު ދައްކަންޖެހެ އެވެ.

ސްރީލަންކާ ހުޅުވާލި އިރު ދުރާލައި މިދިއަ ޖުލައި މަހުގެ ތެރޭގައި ރާއްޖެ ހުޅުވާލާގައި ރާއްޖެއިން ވަނީ ޑިސެމްބަރި ޖެނުއަރީގެ ޓޫރިޒަމް ފައިދާ ނަގާފަ އެވެ. ރާއްޖޭގެ ނަމްބަރު މިހާރު ވަނީ އަނެއްކާ ވެސް ދުވާލަކަށް 2800 އާ ކައިރިއަށް ވެއްޓިފަ އެވެ.