ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ލަންކާގައި ކާފިއުގެ މުއްދަތު އިތުރުކޮށްފި

ލަންކާގައި ކާފިއުގެ ހާލަތުގައި ސިފައިން ހަރަކާތްތެރިވަނީ: އެ ގައުމުގައި ކާފިއުގެ ވަގުތު ވަނީ އިތުުރުކޮށްފައި
0%
0%
0%

ކޮވިޑް19 އާ ގުޅިގެން ސްރީލަންކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިއުލާނުކުރި ކާފިއުގެ މުއްދަތު އިތުރުކޮށްފި އެވެ.

ލަންކާގައި ކާފިއު އިއުލާނު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ކާފިއު އިއުލާނު ކުރީ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 ފެށިގެން ހޯމަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށެވެ.

ނަމަވެސް ފުލުހުންގެ ތަރުޖަމާން އަޖިތު ރޮހާނާ ރޭ ވިދާޅުވީ ކާފިއުގެ މުއްދަތު މިހާރު އިތުރު ކޮށްފައިވާ ކަމަށެވެ. އެގޮތުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކާފިއު ދެމިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގެ ރައީސް އޮފީހުން ވެސް ރޭ ވަނީ އެކަމާ ގުޅޭ ޕްރެސް ސްޓޭޓްމަންޓެއް ނެރެފަ އެވެ. އެ ސްޓޭޓްމަންޓްގައި ބުނެފައި ވަނީ ކާފިއުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި ހުރިހާ ރައްޔިތުން ގޭގައި ތިބުމަށް އެދޭ ކަމަށެވެ.

ކާފިއުގެ ވަގުތުތަކުގައި މަގުތަކުގައި އުޅުމާއި، ގޭގައަށް ޒިޔާރަތްކުރުން ވެސް ވަނީ މަނާ ކޮށްފަ އެވެ. ހަމައެކަނި ހުއްދަ އޮންނަނީ ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށެވެ. ކޮވިޑް19 އާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުގައި ލަންކާއިން ވަނީ ބައިނަލްއަގްވާމީ ހުރިހާ ދަތުރެއް ވެސް ހުއްޓާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910