ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިރާނުގެ ހުރިހާ މިސްކިތްތަކެއް ހުޅުވާލަނީ

May 12, 2020
ކޮވިޑް-19 އިގެ ނުރައްކާ ކުޑަ ހިސާބުތަކުގައި މިދިއަ ހުކުރުން ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތްވެ ނަމާދުު ކުރުމުގެ ހުއްދަ އިރާނުގެ ސަރުކާރުން ވަނީ ދީފައި. -- ފޮޓޯ: އަނަޑޫލޫ
0%
100%
0%

ޓެހެރާން (މެއި 12) - އިރާނުގައި ކޮވިޑް-19 ފެތުރުން ކޮންމެވެސް ވަރަކަށް ފެތުރުން ކޮންޓްރޯލް ކުރެވުމާ ގުޅިގެން، އަންނަ އަންގާރަ ދުވަހުން ފެށިގެން އެ ގައުމުގެ ހުރިހާ މިސްކިތްތަކެއް އަލުން ހުޅުވާލަން ނިންމައިފި އެވެ.

އިރާނުގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް ބަލިޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، މިސްކިތްތައް އަލުން ހުޅުވާލުމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން މިހާރު ވަނީ ހުއްދަ ދީފަ އެވެ.

ބަލީގެ ނުރައްކާ ކުޑަ 180 އަށް ވުރެ ގިނަ ސިޓީގައި މިދިއަ ހުކުރު ދުވަހު ވަނީ ޖަމާއަތުގައި ހުކުރު ވެސް ކޮށްފަ އެވެ. މިސްކިތްތަކުގެ އިތުރުން، އަންނަ ހަފުތާއިން ސްކޫލުތައް ވެސް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް ހަސަން ރޫހާނީ ވަނީ އިއުލާނު ކުރައްވައިފަ އެވެ. އީރާން އާއްމު ހާލަތަށް ގެނައުމަށްޓަކައި، މީގެ ކުރިން، މޯލްތައްފަދަ ބޮޑެތި ފިހާރަތައް އަލުން ހުޅުވައި، ވިޔަފާރި ކުރުމުގެ ހުއްދަ ވެސް ސަރުކާރުން ދީފައި ވެއެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިރާނުގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވެސް ވަނީ 109،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 6،600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 އިގެ ކުރީން ވެސް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އިރާނުގެ އިގުތިސޯދު ވަނީ ވަޅުޖެހިފަ އެވެ. ނަމަވެސް، އިގުތިސޯދު ހިނގަ ހިނގައި ބޭއްވުމަށްޓަކައި، ފިޔަވަޅުތައް ލުއި ކުރުމާއެކު، އަނެއްކާ ވެސް ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ދެއްވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345