ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މެމްބަރަކަށް ބަލި ޖެހި އިޒްރޭލް ޕާލަމަންޓު ސަސްޕެންޑު

Jun 5, 2020
2

ޓެލް އަވީވް (ޖޫން 5) - އިޒްރޭލުގެ ޕާލަމަންޓު މެމްބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ޖަލްސާތައް މަދުކަނޑަލައިފި އެވެ.

އެކަމާ ގުޅިގެން، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސްގެ މުވައްޒަފުން ގެއަށް ފޮނުވާލުމަށް ފަހު، ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް މި ވަގުތަށް ވަނީ ސަސްޕެންޑު ކޮށްފަ އެވެ.

އަދި ބައްޔަށް ޕޮޒިޓިވްވި މެމްބަރާ ބައްދަލުވެ، ގާތުން މަސައްކަތް ކުރެއްވި އެހެން މެންބަރުންނާއި މުވައްޒަފުން އަމިއްލައަށް އެކަހެރިވުމަށް ވަނީ އަންގައިފަ އެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނާ ގޮތުގައި، މެމްބަރަށް ބަލި ޖެހުނުކަމަށް ގަބޫލުކުރެވެނީ، އޭނާގެ ޑްރައިވަރުގެ ފަރާތުން ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މެމްބަރު ސާމީ އަބޫ ޝެހާދެހު ވިދާޅުވެފައިވާ ގޮތުގައި، ފާއިތުވި ދެ ހަފްތާގެ ތެރޭގައި އެތަކެއް ހާސް މީހުނާ ބައްދަލުވެފައިވާނެ ކަމަށެވެ.

ވަރުގަދަ ފިޔަވަޅުތަކާއެކު، ކޮވިޑް-19 އިގެ އަސަރު، އެހެން ގައުމުތަކާ އަޅާބަލާއިރު، އިޒްރޭލަށް ނިސްބަތުން ކުޑަ އެވެ. އެގޮތުން، ނުވަ މިލިއަނެއްހާ މީހުން ދިރިއުޅޭ އިޒްރޭލުގައި، ކޮވިޑް-19 ޖެހުނު މީހުންގެ މިހާތަނަށް ހުރީ 17،343 ގަ އެވެ. އަދި އޭގެ ތެރެއިން މަރުވީ 290 މީހުނެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، މިދިއަ މަހު ސްކޫލުތައް އަލުން ހުޅުވާލި ނަމަވެސް، ގިނަ ކޭސްތަކެއް ފެންމަތިވުމާއެކު، އަނެއްކާވެސް 40 އަށް ވުރެ ގިނަ ސްކޫލް ވަނީ ބަންދުކޮށްފަ އެވެ.