މުއާސަތާލާތީ ކުންފުނި ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތް ބޭނުންކުރާ މީހުނަށް ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަނުގައި ދިރާގުގެ ފައިބާ ކޭބަލް އަޅާފައިވާ އިމާރާތްތަކުގައި އުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހިލޭ ގުޅައި ދޭނެ ކަމަށާއި ރައުޓާއިން 50 ޕަސެންޓް ޑިސްކައުންޓްގެ އިތުރުން ފައިބާ ކޭބަލެއް ނެތް އިމާރާތް ތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ކަނެކްޝަން ޕީގެ 50 ޕަސެންޓް ޑިސްކައުންޓް ދޭނެ ކަމަށެވެ.
މި ޕްރޮމޯޝަން އޮންނާނީ އަންނަ މާޗް މަހުގެ ނިޔަލަށެވެ.
އިތުރަށް ބުނީ މި ޕްރޮމޯޝަންގައި އަންނަ މާޗް މަހުގެ 15 ގެ ކުރިން ފައިބާ ބްރޯޑްބޭންޑަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން 25 ނަސީބުވެރިޔަކު ހޮވައި ފައިބާ ބްރޯޑްބޭންޑް ޕެކޭޖްގެ މަހު ފީން ދެ މަސްދުވަހަށް 50 ޕަސެންޓްގެ ޑިސްކައުންޓް ދޭނެ ކަމަށެވެ.
ކޮވިޑާއެކު މިދުވަސްވަރަކީ އިންޓަނެޓަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުވެ އަސާސީ ބޭނުމަކަށް ވެފައިވާ ދުވަސްވަރެކެވެ.