އުރީދޫ

އުރީދޫ ސުޕަނެޓް ބްރޯޑް ބޭންޑް، ގޮއިދުއަށް

Feb 26, 2021

އުރީދޫން ގޭގެ އާއި އޮފީސްތަކަށް ދޫކުރާ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ށ. ގޮއިދޫއަށް ދޭން ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި 100 އެމްބީޕީއެސް އާއި ހަމައަށް ހަލުއި ސްޕީޑާއެކު އުރީދޫން ދޭ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގޮއިދުއަށް ދިނުމާއެކު ސްޕީޑާއި ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތައް އެ ރަށުން ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޕެކޭޖު ގަންނަ ފުރަތަމަ 20 ފަރާތަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ދެއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މިިދއަ އަހަރުތެރޭގައި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާ އަދަދު އެތައް ގުނައެއް އިތުރުވެފައިވުމާއިއެކު އިންޓަނެޓަށް ބަރޯސާވާ މިންވަރު ވެސް އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެނަށް ވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު ކަމެއްކަމުގައި ދެކެގެން،" ނިޔާޒު ވިދާޅުވި އެވެ.