އެމްއެމްއޭ

2020: ބޭންކުތަކުގެ ޑިޕޮޒިޓް 16 ޕަސެންޓް މަތިވި

Feb 26, 2021
ރާއްޖޭގައި ހިންގާ ބީއޯސީ ކައިރީ ހިދުމަތް ހޯދުމަށް ގިނަ ބަޔަކު ކިޔޫ ހަދާފައި: މިދިޔަ އަހަރު ބޭންކިން ނިޒާމަށް ބޮޑު ގެއްލުމެއް ލިބުނު -- ފޮޓޯ: އަވަސް
0%
0%
0%

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގްތިސޯދު ދަށްވެ، ބޭންކިން ނިޒާމަށް ގެއްލުންވި ނަމަވެސް ބޭންކުތަކުގެ ޑިޕޮސިޓް ނުވަތަ ޖަމާ ކުރި ފައިސާގެ އަދަދު 16 ޕަސެންޓް މަތިވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ "ކުއާޓަލީ ބްލެޓިން" ގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ބޭންކު ތަކަށް 5.6 ބިލިއަން ރުފިޔާ ޑިޕޮޒިޓްކޮށް، ބޭންކިން ނިޒާމުގައި ޑިޕޮސިޓް ކޮށްފައި ހުރި ފައިސާގެ ޖުމްލަ އަދަދު ވަނީ އަހަރު ނިމުނުއިރު 41.3 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ބޭންކުތަކުގެ ޑިޕޮސިޓް މަތިވި ނަމަވެސް ގިނަ އިން ޖަމާކޮށްފައި ވަނީ ދިވެހި ރުފިޔާ އެވެ. ނަމަވެސް އަހަރުގެ ފަހު ކުއާޓަރުގައި ޓޫރިޒަމް ރަނގަޅު ވުމުގެ ސަބަބުން ބޭރު ފައިސާ ޖަމާ ކުރި މިންވަރު 11 ޕަސެންޓް މަތިވެ 4.2 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު، ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދު ވަނީ 40 ޕަސެންޓް އިތުރުވެފަ އެވެ. އަހަރު ނިމުނުއިރު ބޭންކުތަކުގެ ޖުމްލަ އެސެޓް ހުރީ 25.6 ބިލިއަން ރުފިޔާގަ އެވެ.

ބޭންކިން ނިޒާމެއް ބޮޑު ގެއްލުމެއް ލިބުނު

ބޭންކުތަކުގެ ޑިޕޮސިޓް މަތިވި ނަމަވެސް އިގްތިސޯދީ ހީނަރުމުގެ ސަބަބުން ބޭންކިން ނިޒާމަށް ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ. އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށްޓަކައި ގިނަ އަދަދެއްގެ ލޯނުތައް ފަސްކޮށް ދިނުމުގެ ނަތީޖާއެއްގެ ގޮތުން ބޭންކުތަކުގެ ފައިދާ 39 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ވަނީ ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރާ ހަމަ އަށް ބޭންކުތަކުގައި ހުރި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތަކީ 196.9 މިލިއަން ރުފިޔާ އެވެ. އުފެއްދުންތެރި ނޫން ލޯނު މި މުއްދަތުގައި ވަނީ އަށް ޕަސެންޓް ދަށްވެފަ އެވެ. އުފެއްދުންތެރި ނޫން ލޯނަކީ ދައްކަން ކަނޑައަޅާ މުއްދަތު ފަހަނަޅައި ދާއިރު ނުދައްކާ ނުވަތަ ދެއްކުން ލަސްވެފައި ހުންނަ ލޯނު ތަކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910