އެމްއެމްއޭ

ބޭންކްތައް އަންނަ ހަފުތާގައި ހުޅުވާ ގަޑިތަކަށް ބަދަލު

May 20, 2021

އެމްއެމްއޭ އާއި ބޭންކުތައް އަންނަ ހަފުތާގައި ހުޅުވާ ގަޑި ތަކަށް ބަދަލުގެނެސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ އަންނަ ހަފްތާ ހިދުމަތް ބޭންކްތަކުން ހިދުމަތް ދޭނީ ހޯމަ އަދި އަންގާރަ އާއި ބުރާސްފަތި ދުވަހެވެ. މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭ އިން ފައިސާ ދޫކުރުމާއި ބަލައިގަތުމުގެ ހިދުމަތް ދޭނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ.

މި ވަގުތުގައި ސިޓީ އާއި ތަކެތި ވެސް ބަލައިގަންނާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. ބޭންކިންގެ ހިދުމަތްތައް ދޭނީ މިހާރެކޭ ވެސް އެއްގޮތަށް އެޕޮއިންޓްމެންޓް ދޫކޮށްގެންނެވެ.