ރިޕޯޓް

ރައީސްގެ ލާމަރުކަޒު ވިސްނުން ރަނގަޅު!

Feb 28, 2021
1

ރައީސް އިބްރާހިމް މުހަމައްދު ސޯލިހު އަބަދުވެސް އެންމެ ގިނައިން ދައްކަވާ ވާހަކަފުޅަކަށް އެ މަނިކުފާނު ހައްދަވާފައި ވަނީ ރާއްޖޭގެ ލާމެހިފައިވާ ރަށްތަކުގެ ހިންގުމުގެ ނިޒާމް ލާމަރުކަޒީ ކުރެއްވުމެވެ. އެ މަނިކުފާނު ސިފަ ކުރައްވާ ގޮތުގައި "މުށުތެރޭގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ އެމްޑީޕީގެ ނިޔަތް" މާ ބޮޑެވެ. އަދި ރާއްޖެއަށް އެނޫން އެހެން ހައްލެއްވެސް ނެތެވެ.

އެ މަނިކުފާނު އިޝާރާތް ކުރައްވާ ނިޔަތަކީ ސިޔާތުތައް ހިނގުމުގައި އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް، މުށުތެރޭގައި އޮތް ބާރުތައް ހަގީގީ މާނާގައި އެންމެ ފުޅަލަށާއި ދިގަށް ރަށްތަކުގެ ރައްޔިތުންނަށް ބާރުތައް ދޫކޮށްލެއްވުމެވެ.

"ރަށްވެހި ފަތިސް" ލޯންޗް ކުރެއްވުމުގައި ވެސް އަދި އަލުން "ރަށްވެހި ފަތިސް" ރީ ލޯންޗް ކުރެއްވުމުގައި ވެސް ރައީސްގެ ފަރާތްުޅުން މި ވާހަކަތައް ގެނެސް ދެއްވި އެވެ. ފަހަރެއްގައި އެ ދެ ތަނުގައި އެ ވާހަކަތައް ދެއްކެވީ ކެންޕޭން ވާހަކައެއްގެ ގޮތުގައި ކަމަށް ވެދާނެ އެވެ. އެކަމަކު ލާމަރުކަޒު ކުރުމާ ގުޅުވައި މިހާތަނަށް ގެނެސް ދެއްވާފައިވާ ބަދަލުތަކަށް ބަލާއިރު "އެއީ ކެމްޕޭނޭ" ކިޔާނެ ތަނެއް ނެތެވެ.

"ލާމަރުކަޒު ނުވެ އޮތުމުން އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ތަކުލީފުތައް އަޅުގަނޑުމެނަށް އަބަދުވެސް ވަރަށް ސާފު. އެ މަންޒަރާއި އެ ތަޖުރިބާ މި ތިބީ ކޮށްގެން. އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ މާ ބޮޑު ނިޔަތެއް އަޅުގަނޑުމެންގެ އެބައޮތް. އެއީ އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް އެ ބާރުތައް އޭގެ ހަގީގީ މާނާގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން. އެއީ އަޅުގަނޑުމެން މާ ކުރިން ނިޔަތް ގަނެފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް،" ރައީސް ސޯލިހު ވިދާޅުވެފައި ވެއެވެ.

އެ މަނިކުފު ސިފަ ކުރައްވާ ގޮތުގައި ރައްޔިތުންގެ މައްޗަށް ހިންގަމުން ދިޔަ "މުރަނަ ވެރިކަން" ބަދަލުކޮށް އޯގާތެރި ވެރިކަމެއް އުފެއްދީ އެމްޑީޕީ އެވެ. ލާމަރުކަޒީ ނިޒާމާ އެންމެ ރަހުމަތްތެރި ވިސްނުމެއް އޮތީ މި ސަރުކާރުގަ އެވެ. އެ މަނިކުފާނުގެ ސަރުކާރުގެ ވިސްނުމުގައި ބާރުތައް ހިފަހައްޓައިގެން ތިބުމުގެ ވިސްނުމެއް ނެތެވެ. މައިގަނޑު ވިސްނުމަކީ ލާމެހިފައިވާ ރަށްރައް ހަގީގީ މާނާގައި ލާމަރުކަޒީ ކުރެއްވުމެވެ.

ހަގީގަތުގައި ވެސް ރާއްޖެ ތަރައްގީ ކުރަން އޮތް މަގަކީ ރައްޔިތުން ބާރުވެރި ކުރުވުމެވެ. އެފަދަ ބަދަލަކުން ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ތަރައްގީގެ ތޮބީއަތެއް ދެމެހެއްޓެ އެވެ. އެ މަގަށް ރާއްޖެ ނުދާންވީ، އަދި ނުގެންދާންވީ އެއްވެސް ސަބަބެއް ވެސް ނެތެވެ. ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނޭހެން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ދީގެން އެކަން ކުރެވެން އެބައޮތެވެ.

މިހާރު ތަހައްމަލު ކުރަމުން މިދާ ކޮވިޑްގެ ބަލާއާފަތުގެ ތެރޭގައި ވެސް ވލާމަރުކަޒީ ކުރުމުގެ މުހިންމުކަން ސާފުވެ އެވެ. ސިއްހީ ނިޒާމު ލާމަރުކަޒީ ކުރުމުގެ މުހިންމުކަން ވަރަށް ރީއްޗަށް މިއޮތީ ފެންނާށެވެ.

މާލެއަށް ތޮއްޖެހުން ކުޑަވެ، ސެންޓަރަލައިޒްވެފައި އޮންނަ އޮތުމަށް ނިމުމެއް ގެނައުމުގެ މަސައްކަތުގައި ރައީސް ސޯލިހު މިހާރު ވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯއްދަވާފަ އެވެ. މިހާރު ވަނީ ރަށު ކައުންސިލްތައް ބާރުވެރި ކުރުވައި މާލީ ތަނަވަސްކަން ލިބޭނެ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ކޮށްފަ އެވެ. ގާނޫނުން މާލީ ބާރުވެރިކަން ދިނުމުގެ ގޮތުން، ބަޖެޓް ބޮޑުކޮށް ފަސް ޕަސެންޓް އާމްދަނީ އާއި ބިމު ކުލީގެ 40 ކައުންސިލްތަކަށް ލިބިދޭ ގޮތްވެފައި ވެއެވެ. ފަސް މިލިއަނަށްވުރެ ކުދި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ދެން ހިންގާނީ ކައުންސިލްތަކުންނެވެ. މުނިސިޕަލް ހިދުމަތްކުން ލިބޭ އާމްދަނީ ސީދާ ކައުންސިލަށް ދިނުމާއި، ރަށުގެ ބިން ކުއްޔަށް ދީގެން ލިބޭ އާމްދަނީ ގެ 100 ޕަސެންޓް ސީދާ ކައުންސިލަށެވެ.

ރައީސް ވިދާޅުވާ ގޮތުގައި ކާމިޔާބު ކަމާއެކު މައިބަދައިގެ އޮޕަރޭޝަން އައްޑޫގައި ކުރެވެ އެވެ. ކުޅުދުއްފުށީގައި ކަކުލުހުޅު ބަދަލު ކުރެވެ އެވެ. ކުރީން އޮތް ޝައްކުވެސް މުޅީން ފިލައި ހިނގައްޖެ އެވެ. ލާމަރުކަޒު ކުރުން ނޫން އެހެން ގޮތެއް ނެތިއްޖެ އެވެ.