ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގީ މާލޭގައި އެސްބީއައި ކައިރި ހުރި ގެއެއްގައެވެ.
ފުލުހުން ބުނީ ހެންވޭރުގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާ ވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އަނިޔާގެ ތަފްސީލެއް ނުދެއެވެ.