ތިމާ ދިރިއުޅޭ ތަނަކީ ކޮންމެ މީހެއް ވެސް ވަރަށް ބަލައިގެން ލޮތްބާއެކު ގެންގުޅޭނެ ތަނެކެވެ. އެއީ ތިމާގެ އަމިއްލަ ގެ ކަމުގައިވިޔަސް އަދި ތިމާ ކުއްޔަށް ނަގައިގެން އުޅޭތަން ކަމުގައި ވީނަމަވެސް އެވެ. އެގޮތުން އަމާނާ ތަކަފުލް އިން ވަނީ ގެވެހި ކަންވާރު ނުވަތަ އާންމުކޮށް ކިޔާގޮތުންނަމަ ގޭތެރޭގައި ގެންގުޅޭ ސާމާނަށް އަލިފާނުގެ ހާދިސާ އަކުން ލިބިދާނެ ގެއްލުމަކުން ބަދަލު ދެވޭނެ ޕެކޭޖެއް ތައާރަފު ކޮށްފަ އެވެ.
ރެންޓާސް ތަކާފުލް އަކީ އެޕާޓްމެންޓްތައް ކުއްޔަށް ނަގައިގެން އުޅޭ ފަރާތްތަކަށް ހާއްސަ ކޮށްގެން ހަދާފައިވާ އިންޝުއަރެންސް ޕެކޭޖެކެވެ. މި ޕެކޭޖްގެ ދަށުން ހާދިސާއެއް ދިމާވެގެން ގޭގައި ގެންގުޅޭ ސާމާނަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭނެ އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 74 ޕަސެންޓް މީހުންނަކީ ކުއްޔަށް އުޅޭމީހުންނެވެ. އަދި މީގެތެރެއިން 90 ޕަސެންޓް އަކީ އަމިއްލަ ފަރުނީޗަރާއި އެހެނިހެން ސާމާނު އަމިއްލަ އަށް ހޯދައިގެން ދިރިއުޅޭ ފަރާތްތަކެވެ.
އެޕާޓްމެންޓަކަށް މީހަކު ބަދަލުވާއިރު އަތުން ވަރަށް ބައިވަރު ފައިސާ މިކަމަށް އެކަނި ހަރަދުވެ އެވެ. ގޭގެ ވެރިފަރާތުން އަލިފާނުގެ ހާދިސާއަކުން ސަލާމަތް ވުމަށް ގެ އިންޝުއަރެންސްކޮށްފައި ވީކަމުގައި ވީނަމަވެސް އެ އިންޝުއަރެންސްގެ ދަށުން ކަވަރު ކުރާނީ ހަމަ އެކަނިގެ އެވެ. ގޭތެރޭގައި ހުންނަ ސާމާނެއް ކަވަރެއް ނުކުރާނެއެވެ. އެހެން ކަމުން ގޭތެރޭގައި ގެންގުޅޭ ސާމާނު ރައްކާތެރި ކުރުމަކީ ކުއްޔަށް ހިފައިގެން އުޅޭ ފަރާތުގެ ޒިންމާއެކެވެ. ނަމަވެސް، ގިނަ ފަހަރު ގޭގެ ކުލި ދެއްކުމަށް ފަހު އާންމު ދިރިއުޅުމުގައި ދީމާވާ އެކި ހާދިސާތަކުން ގޭގައި ގެންގުޅޭ ސާމާނުތަކަށް ލިބޭ ގެއްލުން ކަވަރު ކުރާނެ ގޮތެއް ކުއްޔަށް ހިފާފަރާތުގެ ނޯވެ އެވެ. އެހެން ކަމުން ރެންޓާސް ތަކަފުލްއަކީ ހީވެސް ނުކުރާ ވަރުގެ ކުޑަ އަގެއް ދައްކާލައިގެން ގޭގައި ގެންގުޅޭ ސާމާނު ރައްކާތެރި ކުރެވޭނެ ވަރަށް ފަސޭހަ ގޮތެކެވެ.
މި ޕެކޭޖުގެ ދަށުން ތިމާގެ އަމިއްލަ އެއްޗެހި މިސާލަކަށް އަންނައުނާއި ފަރުނީޗަރު އަދި ކަރަންޓު ސާމާނު ފަދަ ތަކެތި ދިމާވާ އަލިފާނުގެ ހާދިސާ ގުދުރަތީ އެކިއެކި ހާދިސާތައް އަދި ގެއިން ވައްކަންކުރުމުގެ ހާދިސާ ތަކުން ލިބޭ ގެއްލުން ތަކަށް ބަދަލު ދެވޭނެ އެވެ. ހަމައެއާއެކު އަލިފާނުގެ ހާދިސާ އެއް ދިމާވެގެން ގެއިން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ހާދިސާ ހިނގި މަހު އުޅުނުތަނަށް ދައްކާލާފައިވާ ކުލީގެ ފައިސާ ބަދަލުގެ ގޮތުގައި ދެވޭނެ އެވެ.