ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް ވެކްސިންނުޖަހައި ހައްޖުވެރިންނަށް ހުއްދަނުދެވޭނެ: ސައޫދީ

ހައްޖުވެރިން ކުރިން ފުލޫ ވެކްސިން ޖެހި ގޮތަށް މިފަހަރު މުހިންމީ ކޮވިޑް ވެކްސިންޖެހުން
0%
0%
0%

މިއަހަރު ހައްޖު މޫސުމަށް ހައްޖުވެރިން ތައްޔާރުވަމުން އަންނައިރު ހަނދާނުގައި ބަހައްޓަންޖެހޭ އެންމެ މުހިންމު އެއްކަމަކި ކޮވިޑް ވެކްސިންޖެހުމެވެ. ސައޫދީން ބުނީ ހައްޖުވެރިން ކޮވިޑް ވެކްސިންޖެހުން ލާޒިމް ކަމަށެވެ.

ސައޫދީ ހެލްތު މިނިސްޓަރު ތައުފީގް އައްރާބިއާ މިނިސްޓްރިގެ މުވައްޒަފުންނަށް ވިދާޅުވި ގޮތުން ޖައްޖުވެެރިންގެ އަތުގައި ވެކްސިންޖެހި ހެކި އޮންނަންޖެހެ އެވެ.

"މިއަހަރު ހައްޖުވެރިންނަށް ލާޒިމްކުރެވޭ އެންމެ ބޮޑު ކަމަކީ ކޮވިޑް ވެކްސިންޖެހުން،" ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ ކުރިއާލައި ތައްޔާރުވެގެން ނޫން ގޮތަކަށް ވެކްސިން ފުރިހަމަކުރުން އުނދަގޫ ކަމަކަށް ވެދާނެ ކަމަށެވެ.

ހެލްތު މިނިސްޓްރީން އާންމު ބަޔާނެއްގައި ބުނެފައި ވަނީ ހައްޖު މޫސުމަށްޓަކައި ސައޫދީން އަމަލުކުރަންޖޭ އުސޫލުތައް ތައްޔާކުރަމުން އަންނަ ކަމަށާއި، ސަރުކާރުން ކަނޑައަޅާ ކަންތައްތައް ހިންގައި ދެމެހެއްޓުމަށްޓަކައި އޮފިޝަލުންނާ އަދި ވަސީލަތްތައް ގާއިމުކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސައޫދީން މިފަހަރު ހައްޖުކުރުމަށް ހުއްދަދޭ އަދަދެއް އަދި އާންމުނުކުރެ އެވެ. އެހެން ނަމަވެސް، ބެލެވެނީ ހަރުކަށި އުސޫލުތަކަކަށް ހައްޖުވެރިން ތަބާވާންޖެހޭނެ ކަމަށެވެ. މިދިއަ އަހަރު ހައްޖުކުރަން ހުއްދަދީފައި ވަނީ 10،000 މީހުންނަށެވެ. ކޮވިޑާ ހެދި ގައުމު ތަޅުލާންޖެހިފައި ވާތީ ގައުމުން ބޭރުން މީހުންނަށް ފުރުސަތުދީފައި ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910