ސައޫދީގައި ކޮވިޑް ތައްކަތުކުރަން އަޅާފައި ހުރި ފިޔަވަޅުތައް މުގުރައި ހުއްދަކޮށްފައި ނުވާ ގައުމަކަށް ދަތުރުކޮށްފި ނަމަ އެނބުރި ދިއުމުން ތިން އަހަރަށް ރަށުގައި ބަންދު ކުރާނެ ކަމަށް ބުނެފި އެވެ.
އިންޓީރިއާ މިނިސްޓްރީން ބުނީ ބްލެކް ލިސްޓް ކޮށްފައި އޮތް ގައުމަކަށް ދަތުރު ކޮށްފި ނަމަ ބުރަބޮޑު އަދަބު ކަނޑައަޅާނެ ކަމަށެވެ. އަދި އެމީހަކު ތިން އަހަރު ހޭދަކުރަން ޖެހޭނީ އަމިއްލަ ރަށުގައި ހައްޔަރުގައި ކަމަށެވެ.
ސައުދީން ބުނީ ފިޔަވަޅުތައް އަޅާފައި ހުރީ އާންމުންގެ ލާބައަށް ކަމަށާއި ސިއްހީ އިދާރާތަކުން ފާސް ވެގެން ނޫން ގޮތަކަށް ދަތުރުފަތުރު ނުކުރަން އެދޭ ކަމަށެވެ. އަދި ބުނީ އެއީ ފަރުދުންގެ ރައްކަލަކަށް ކަމަށާއި ބޯޓުން ފައިބާ ތަނުން ހައްޔަރުކުރުމަކީ ރީތި އަމަލެއް ނޫން ކަމަށެވެ.
އިންޓިރިއާ މިނިސްޓްރިގެ ބަޔާނުގައި ބުނަނީ ސީދާކޮށް އަދި ނުސީދާކޮށް ނަމަވެސް އަދި އެހެން ގައުމެއް މެދުވެރިވާ ގޮތަށް ނަމަވެސް، ސައޫދީ މީހުން ދަތުރު ކުރުން މަނާ ގައުމަކަކަށް އަރައިފި ނަމަ މިވަތުގަށް އޮތް އަދަބަކީ ރަށުބަންދު ކަމަށެވެ.
ސައުދީން ވަނީ ކޮވިޑާ ގުޅިގެން 16 ގައުމަކަށް ދަރުރުކުރުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި އަވަށްޓެރި ޔުނައިޓެޑް އަރަބް އެމިރޭޓްސް ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިތިއޮޕިއާ އަދި ވިއެޓްނާމް ވެސް ހިމެނެ އެވެ.
އިންޓިރިއާ މިނިސްޓްރީން މިއަމުރު ނެރުނީ ވެކްސިން ފުރިހަމަކުރުމުން ބޭރު ގައުމުތަކަށް ދަތުރުކުރެވޭ ގޮތަށް ސިއްހީ އިދާރާތަކުން ހުއްދަކުރުމުންނެވެ.