ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މި އަހަރު ހައްޖު އޮންނާނެ، އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވާކުރަނީ

ސައޫދީން ބޭރު ގައުމުތަކަށް މިއަހަރު ހައްޖު އޮންނާނެ ކަމަށް ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފި އެވެ. އަދި ބުނީ ކޮވިޑާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި ހައްޖުވެރިން އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި ގުޅުން ހުރި އިދާރާތަކާ މަޝްވަރާ ކުރަންމުން އަންނަ ކަމަށެވެ. ހައްޖަށް ފުރުސަތުދެވޭ ގައުމުތަކާއި ބައިވެރިންގެ އަދަދާ މެދުވެސް މަޝްވަރާކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަމަށް ސައޫދީއަށް އެތެރެވާ މީހުން އަމަލުކުރަން ޖެހޭ ގަވާއިދެއް އާންމުކުރާނެ ކަމަށާއި ހައްޖުވެރިންގެ ސިއްހަތަކީ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ސައޫދީ އަރަބިއްޔާއިން ބޭރު ގައުމުތަކަށް ހައްޖު ކެންސަލްކުރަން ވިސްނަމުން އަންނަ ކަމަށް ރޮއިޓާސްއިން މިދާކަށް ދުވަހު ރިޕޯޓްކުރި އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ގައުމުތަކުގައި އަދި ވެސް ކޮވިޑް ކޮންޓްރޯލްނުކުރެވިފައި ނުވާތީ ކަމަށެވެ.

ސައޫދީން މިދިއަ އަހަރު ވެސް ބޭރު ގައުމުތަކަށް ހައްޖު ހުޅުވާލާފައެއް ނުވެ އެވެ. މިދިއަ އަހަރު ހައްޖުގައި ބައިވެރިކުރީ އެގައުމުގައި ތިބި 1،000 މީހަކު، ޚާއްސަ ދައުވަތަކުންނެވެ. ކޮވިޑާ ހެދި ސައުދޫ ބޯޑަރު ބޭރު ގައުމުތަކަށް އެއިރު ވެސް އޮތީ ބަންދުކޮށްފަ އެވެ.