ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސައޫދީން ބޭރު ގައުމުތަކަށް ހައްޖު ކެންސަލްކުރަން ވިސްނަނީ

ކައުބާ ވަށައި ކޮވިޑް ހާލަތުގައި ހައްޖާއި އުމްރާވެރިން: ކޮވިޑްގެ ނުރައްކަލާ ހެދި މިއަހަރު ވެސް ބޭރު ގައުމުތަކަށް ހައްޖު ކެންސަލްކޮށްފާނެ
0%
0%
0%

ސައޫދީ އަރަބިއްޔާއިން ބޭރު ގައުމުތަކަށް މިއަހަރު ވެސް ހައްޖު ކެންސަލްކުރަން ވިސްނަމުން އަންނަ ކަމަށް ރޮއިޓާސްއިން ބުނެފި އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ގައުމުތަކުގައި އަދި ވެސް ކޮވިޑް ކޮންޓްރޯލްނުކުރެވި އަދި އާވައްތަރުތަކުގެ ބިރުވެރިކަން ބޮޑުވެފައިވާތީ ކަމަށެވެ. ސައޫދީން މިދިއަ އަހަރު ވެސް ބޭރު ގައުމުތަކަށް ހައްޖު ހުޅުވާލާފައެއް ނުވެ އެވެ.

ރޮއިޓާސްއަށް ސައޫދީން މައުލޫމާތުދިން އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން މިކަމާ ގުޅޭ މަޝްވަރާތައް ދަނީ ކުރިއަށެވެ. އަދި ވަކި ގޮތަކަށް ނުނިންމަ އެވެ.

ސައޫދީގައި މިހާރު ދިރިއުޅޭ މީހުންގެ ތެރެއިން ވެސް ހައްޖުގައި ބައިވެރިވެވޭނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންނަށް ކަމަށް ބުނެވެ އެވެ.

މިއަހަރުގެ ހައްޖާ ބެހޭ ގޮތުން މީގެކުރިން ބަޔާނެއް މެދުވެރިކޮށް ބުނެފައި ވަނީ ގައުމުތަކަށް ފުރުސަތު ޝަރުތުތަކަކާއެކު ހުޅުވާލާނެ ކަމަށެވެ. އެއީ ކޮވިޑް ވެކްސިން ފުރިހަމަކުރުމާއެކު ބަލީގެ އެއްވެސް އަލާމާތެއް ނެތުމެވެ. އެހެން ނަމަވެސް އޮފިޝަލުން ބުނާ ގޮތުން މިނިންމުން މިހާރު ވަނީ ބާތިލްކޮށްފަ އެވެ.

ސައޫދީ ނޫން ގައުމުތަށް މިއަހަރު ހައްޖުގެ ފުރުސްތުދޭން ނިންމިއިރު ބެލެވިފައި އޮތީ ވެކްސިން ޖެހުމުން ކޮންމެވެސް ވަރަކަށް ކޮވިޑް ތައްކަތުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އުފެދެމުން އަންނަ އާވައްތަރުތައް ވެކްސިނަށް ވެސް ނުގުޑާކަން މިހާރު ވަނީ ސާބިތުކުރެވިފަ އެވެ. އަދި އެއްވެސް ވެކްސިނަކުން ރައްކާތެރިކަން ކަށަވަރުކުރެވިފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910