ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސައުދީ ރައްޔިތުން ގައުމުން ބޭރަށް

ސައޫދީ ރައްޔިތުން ގައުމުން ބޭރަށް ދަތުރު ކުރަން ހުއްދަ ދޭން ތައްޔާރުވެއްޖެ އެވެ.

އިންޓީރިއާ މިނިސްޓްރީން ބުނީ މެއި 17 އިން ފެށިގެން ތިން ކެޓަގަރީއަކަށް ފުރުސަތުދޭނެ ކަމަށެވެ. ސައޫދީ އާންމުން ގައުމުން ބޭރުވުން މަނާކޮށްފައި އޮންނަތާ އަހަރަކަށް ވުރެ ގިނަދުވަސް ވަނީ ވެފަ އެވެ.

އިންޓީރިއާ މިނިސްޓްރީން ކަނޑައެޅި ތިން ކެޓަގަރީގައި ހިމެނެނީ ކޮވިޑް ވެކްސިންގެ ދެޑޯޒް ހަމަކޮށްފައި ތިބި މީހުންނާއި ދަތުރުކުރުމުގެ 14 ދުވަސް ކުރިން އެއްޑޯޒް ފުރިހަމަކޮށްފައި ތިބި މީހުން އަދި ފާއިތުވި ހަމަހު ތެރޭގައި ބަލިޖެހި ރަނގަޅުވެފައި ތިބި މީހުންނެވެ.

އަށާރަ އަހަރުން ދަށް – އަދި ވެކްސިން ދޭން ނުފަށާ ގުރޫޕެއް، ނަމަވެސް އިންޓީރިއާ މިނިސްޓްރީން ބުނީ މެއި 17 އިން ފެށިގެން ގައުމުން ބޭރުވާން ހުއްދަދޭނެ ކަމަށާއި ސެންޓްރަލް ބޭންކުން ހުއްދަދީފައި އޮތް އިންޝުއަރެންސް ޕޮލިސިއެއް އޮންނަން ވާނެ ކަމަށެވެ.

ސައޫދީ ހެލްތު މިނިސްޓްރީން ބުނީ ނުވަ މިލިއަން މީހުންނަށް ވެކްސިން ދެވިއްޖެ ކަމަށާއި ގައުމު ހުޅުވާލުމުން ވެކްސިން ޖަހަން ބޭނުންވާ މީހުން ގިނަވާނެ ކަމަށެވެ. ސައޫދީގެ އާބާދީ އުޅެނީ 34 މިލިއަނުން މަތީގަ އެވެ.

ސައޫދީގައި 419،000 މީހުންނަށް ކޮވިޑްޖެހި ގުޅުންހުރި ބަލިތަކުގައި 7،000 މީހުން މަރުވެފައި ވެއެވެ. ގައުމުގައި ކޮވިޑް ތައްކަތުވަމުން އަންނަ ވަރަކުން އަންނަނީ އާންމުންނަށް ލުއިދެމުންނެވެ. ވެކްސިން ފުރިހަމަކުރުމުން އުމްރާގެ އަޅުކަމުގައި ބައިވެރިވެވޭ ގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.