ކުޑަކުދިން

މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު

ރ. އުނގޫފާރުގައި މަސް ފެންގަނޑަށް ވެއްްޓުނު ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް އޭނާއަށް ފަރުވާ ދެމުންދާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހާދިސާގައި މަސް ފެންގަނޑަށް ވެއްޓުނީ އުމުރުން އެއް އަހަރުގެ އަންހެންް ކުއްޖެކެވެ. ތުއްތު ކުއްޖާއަށް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިހާރު ވޯޑަށް ދޫކޮށްލައިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

" މިހާރު ތުއްތު ކުއްޖާ ވާހަކަ ދައްކާ ހަރަކާތް ކޮށް ހަދާ" ހޮސްޕިޓަލްގެ ޕީއާރު އޮފިސަރު ވިދާޅުވި އެވެ.

ތުއްތު ކުއްޖާ މަސް ފެންގަނޑަށް ވެއްޓިއޮތީ ކިހާ އިރެއްކަމެއް ސާފެއް ނުވެއެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އައިސީޔޫގައި ބާއްވައިގެން ނެެވެ.

މީގެ ކުރިންވެސް މިފަދަ ދެ ހާދިސާ ހިނގައިފައި ވެއެވެ. އެ ހާދިސާތަކުގައިވެސް ތުއްތު ކުދިންގެ ފުރާނައަށް ނުރައްކާވެ އައިސީޔޫގައި ފަރުވާ ދީފައި ވެއެވެ.