ވިޔަފާރި

ރާއްޖޭގައި ރިސޯޓް ހިންގާ ސެންޓާރާއިން ނަކްހީލްއާ ގުޅިގެން ދުބާއީގައި ވޯޓާޕާކެއް

ރާއްޖޭގައި ރިސޯޓް ހިންގާ ސެންޓާރާ އާއި ޔޫއޭއީގެ ނަކީލް ކުންފުނި ގުޅިގެން ދުބާއީގައި ވޯޓާ ޕާކަކާއި ރިސޯޓެއް ހަދަން ނިންމައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައިވާ ގޮތުން ދުބާއީގައި ޓޫރިޒަމް ފައްކާ ކުރުމަށް އަލަށް ހަދާފައިވާ "ދެއިރަ އައިލެންޑް" ގައި ތަރައްގީ ކުރާ މި ރިސޯޓަކީ ތައިލެންޑުގެ ސެންޓާރާ ގްރޫޕުން ދުބާއީގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓަށް ވާނެ އެވެ. މި ރިސޯޓުގައ 550 ރޫމް ހުރެ އެވެ. މި ރިސޯޓުގައި ރެސްޓޯރެންޓްތަކާއި ކެފާ އަދި ގިނަ އަދަދެއްގެ ފިހާރަތައް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ދުބާއީގެ ނަކްހީލް ކުންފުނިން މީގެ ކުރިން ވެސް އިތުރު ރިސޯޓު ޕްރޮޖެކްޓްތައް އަންނަ އަހަރު ހިންގުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައިވެ އެވެ. މި ކުންފުނިން އިއުލާނުކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި 10 ހޮޓަލެއްގެ މަޝްރޫއު ހިމެނެ އެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ފަސްތަރީގެ ހޮޓާތައްވެސް ހިމެނެ އެވެ.

ތައިލެންޑުގެ ސެންޓާރާ ގްރޫޕުން 67 ގައުމުގައި ރިސޯޓު އަދި ހޮޓާ ހިންގަ އެވެ. އެ ކުންފުނިން އެކި ގައުމުތަކުގައި ހިންގަމުން ގެންދާ ރިސޯޓުތަކުގައި ހުރި އެނދުގެ އަދަދު 14،000 އަށް އަރަ އެވެ.