ސެމްސަންގް

ސެމްސަަންގް ގެލަކްސީ ވޮޗް 3: އަތުކުރީގައި ދެމިނެޓް

ދެން އެހެން ދިމާއަކަށް ދާނެ ކަމެއް ނެތެވެ؛ ފެންވަރު ރަނގަޅު ސްމާޓް ގަޑިއެއް ގަންނަން އެދޭ ނަމަ ހައްލު މިއޮތީ އެވެ. ސެމްސަންގް ގެލަކްސީ ވޮޗް 3 އަކުން ނުކުރެވޭ ކަމެއް، ކުރެވޭ އެހެން ގަޑިއެއް ބުނެދީ ބަލާށެވެ.

ސެމްސަންގް ގެލަކްސީ ވޮޗް 3 ގަންނަން ޖެހެނީ މި ގަޑީގައި ހުރި ފީޗާތަކަށް ބަލާފަ އެވެ. އެކަމަކު އެއަށްވުރެ ކުރިން ހިތްހަމަ ނުޖެހޭ ދެތިން ކަމެއް ފާހަގަ ކޮށްލާނަމެވެ. އަދި ކޮންމެ ޑިވައިސްއެއްގައި ވެސް މިކަހަލަ ބަލިކަށިކަން ހުންނާނެ އެވެ.

ސްމާޓްވޮޗް މާކެޓްގައި ވާދަވެރިން ގިނަ އެވެ. މަލާމާތް އޮންނާނެ އެވެ. އަތުކުރީގައި ފަރިއަށް އަޅާލަން ނަމަވެސް ހޯދަން ޖޭހޭނީ ވީހާ މަދުބައެއްގެ މަލާމާތް އޮންނަ ކަހަލަ ގަޑިއެކެވެ.

ސެމްސަންގް ގެލަކްސީ ވޮޗް 3 ގައި ފިޓްނަސް ޓްރްކް ކުރެވެން ހުރި ނަމަވެސް، ގަޑި ބުނެދޭ މައުލޫމާތުގައި ބަލިކަށި ކަމެއް ހުންނާތީ ފާހަގަ ކުރެވެ އެވެ. އަނެއްކޮޅުން ޗާޖުކުރަން ނަގާ ވަގުތު -- ގަޑި މިހާރު މިއޮތީ ގަނެވިފަ -- އެހެންވެ އޯކޭ އެވެ.

ސެމްސަންގް ގެލަކްސީ ވޮޗް 3 އަކީ ވަރަށް ރީތި ގަޑިއެކެވެ. ގިނަ ފިޗާތައް ބާރުގަދަ އެވެ. ބެޓެރީ ބާރު ގިނައިރު ދަމަހައްޓައިދެ އެވެ. އަތުކުރީގައި އަޅާލައިގެން އުޅެން ވަރަށް ފަސޭހަ އެވެ. ހާދަ ރީތި ގަޑިއެކޭ މީހަކު ބުނެފި ނަަމަ މީހާގެ ހައިސިއްޔަތު ވެސް އުފުލި އަރަ އެވެ.

ސެމްސަންގް ގެލަކްސީ ވޮޗް 3 ހިންގަނީ ގޫގުލް "ވެއާއޯއެސް" އަކުން ނޫނެވެ. ބޭނުުން ކުރެވެނީ ސެމްސަންގް އަމިއްލަ ޓައިޒަން ސޮފްޓްވެއާ ބަންޑްލް އެވެ. ވެއާއޯއެސްއަށް ވުރެ ޓައިޒަން މާބޮޑަށް ވެސް ފަސޭހަ އެވެ. މި ގަޑީގެ ބަދަލުގައި ބޭނުން ކުރެވިދާނެ ސްމާޓް ގަޑިތަކެއް މާކެޓްގައި ހުރި ނަމަވެސް، މޫސުން ބަދަލުވާހެން ގަޑި ބަދަލުކުރާ މީހުންނަށް ވެސް ސެމްސަންގް ގެލަކްސީ ވޮޗް 3 އަކީ ދޫކޮށްލަން ދަތި ގަޑިއަކަށް ވާނެ އެވެ. ވެގެންއުޅޭ ގޮތަކީ މިއީ އެވެ.