ބެންޖަމިން ނަތަންޔާހޫ

ނަތަންޔާހޫ އިސްތިއުފާއަށް ގޮވައި އާންމުން އެއްރާގެގައި މަގުތަކަށް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އިސްތިއުފާއަށް ގޮވާ މީހުންނާއިގެން ޓެލްއަވީވްގެ މަގުތައް ތޮއްޖެހިއްޖެ އެވެ. މަގުތަކުގައި ޓްރެފިކަށް ބުރޫއަރައި އާންމުން ހިނގާބިނގާވެ އުޅުމަށް ވަނީ ދަތިވެފަ އެވެ. މަގުތަކަށް އެއްވެ އެއްރާގަކަށް ހަޅޭއްލަވަމުން އަންނަ މީހުން ބޭނުންވަނީ އަންނަ މަހު އޮންނަ އިތިހާބުގެ ކުރިންން ބޮޑުވަޒީރު އިސްތިއުފާ ދެއްވުމެވެ.

ބޮޑުވަޒީރު ޖެރޫަލަމްގައި ދިރިއުޅުއްވާ ގޭދޮށަށް ވެސް މީހުން ވަނީ އެއްވެ އަޑުގަދަ ކޮށްފަ އެވެ. އެތަނުގައި ބޮޑުވަޒީރަށް ތާއީދުކުރާ މީހުން ވަނީ ހަމަނުޖެހުން ހިންގައި ގަޔަށް އަތްލައި މާރާމާރީ ހިންގާފަ އެވެ.

ނަތަންޔާހޫއަށް ކުރާ ދައުވާތަކެއް ޖެރޫސަލަމް ކޯޓުގަައި ހިނގަމުންދާތީ ކުރިއަށް އޮތް އާންމު އިންތިހާބުގައި ބޮޑުވަޒީރު ބައިވެރިވެ ވަޑައިނުގަތުމަށް އާންމުން އަންނަނީ ގޮވާލަމުންނެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަނާއި މަކަރާ ހީލަތްތެރިއެއް ކަމަށް ބުނާ ދައުވާއެވެ. ސަރުކާރު ހިންގުމުގައި އޮޅުވާލެއްވުމާއި ކޮރޯނާވައިރަހާ ގުޅިގެން ވެސް އެތައް މަކަރެއް ހައްދަވާފައިވާ ކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.

ޖެރޫސަލްމް ޑިސްޓްރިކްޓް ކޯޓްގައި ފެބްރުއަރީ 8 ގައި އޮތް އަޑުއެހުމަކަށް ވެސް ނަތަންޔާހޫ ވަނީ ހާޒިރު ކުރުވާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައި ހުރި މައްސަލަތައް އިއްވުމުން ވިދާޅުވީ އިންކާރުކުރައްވާ ކަމަށެވެ.

ނަތަންޔާހޫއަށް ކުރެވޭ ކޮރަޕްޝަން މައްސަލަތަކުގައި ކޯޓަށް ހާޒިރުކުރެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އޭނާ ވިދާޅުވަނީ ތުހުމަތުތަކާ ގުޅުމެއް ނެތް ކަމަށާއި ދައުވާއަށް އިންކާރުކައްވާ ކަމަށެވެ.