މޫސުން

ބައެއް އަތޮޅުތަކަށް މިއަދު ވިއްސާރަ ކުރާނެ

ރާއްޖޭގެ މޫސުން ގޯސްވެ ބައެއް އަތޮޅު ތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވިފައި ވާތީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓެއް ނެރެފައިވާ ކަމަށެވެ. އެލާޓް ނެރެފައިވަނީ މިއަދު އެކެއް ޖެހުމާއި ހަމައަށެވެ.

އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައި ވާއިރު ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް މެޓުން ބުންޏެވެ.