ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގައި އީ ލާނިން ސެންޓަރެއް ގާއިމު ކުރަނީ

Mar 10, 2021

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސެންޓާ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް ގައި އީ ލާނިން ސެންޓަރެއް ގާއިމު ކުރަން ފަށައިފި އެވެ.

ގައުމީ ޔުނިވާސިޓީން މިހާރު ވަނީ އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަން ހުޅުވާލާފަ އެވެ.

އެ ޔުނިވާސިޓީން ބުނީ އެ ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދޭނީ މި މަހުގެ 14 ވަނަ ދުވަހު މެންދުރު 12:00 ޖަހާއިރު އެމްއެންޔޫގެ މަރުކަޒީ އިދާރާގައި ކަމަށެވެ.