އާބަންކޯ

ފިޝަރީޒް ކޮލެޖު ގާއިމުކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

ފިޝަރީޒް ކޮލެޖް ގާއިމުކުރުމަށްޓަކައި އެމްއެންޔޫއާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފިޝްރީޒް މިނިސްޓްރީ
0%
0%
0%

ފިޝަރީޒް ކޮލެޖް ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޮލެޖުގެ ވައިސް ޗާންސެލަރު ޑރ. ޝެހެނާޒު އާދަމް އެވެ. ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.

ފިޝަރީޒް ކޮލެޖެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް މެނިފެސްޓޯގައި ހިމަނާފައިވެސްވެ އެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިގްތިސޯދަށް ހޯދޭނެ މަންފާ އިތުރުކުރެވޭނެ ކަމަށެވެ. އެހެންކަމުން މިފަދަ ތަމްރީނު ދެވޭނެ ޕްލެޓްފޯމެއް ގާއިމު ކުރެވިގެން ދިއުމަކީ މި މަގުސަދު ހާސިލް ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މީގެކުރިން ފިޝަރީޒް ކޮލެޖެއްގެ ގޮތުގައި ކޮލެޖެއް ގާއިމުކޮށްފައެއް ނުވެ އެވެ. މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގައި ދެވަނަ ސިނާއަތަށްވާއިރު މިދާއިރާގެ ތަރައްގީއަށް މީހުން ބިނާކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910