މަސްވެރިން

މަސްވެރިކަމާ ބެހޭ ކޮލެޖު ގާއިމުކޮށް އޯގަސްޓްގައި ކޯސްތައް ފަށަނީ

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް (ވ)ގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
0%
0%
0%

މަސްވެރިކަމާ ބެހޭ ކޮލެޖެއް ގާއިމުކޮށް މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެ ކޮލެޖުގެ ކޯސްތަކުގެ ކިޔެވުން ފަށާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ބުނެފި އެވެ.

ރާއްޖޭގައި މަސްވެރިކަމާ ބެހޭ ކޮލެޖެއް ހުޅުވައި އެތަނުން ކޯސްތަކެއް ކުރިއަށް ގެންދިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ރައީސް މުއިއްޒު މިކަން އެންމެ ފުރަތަމަ އިއުލާންކުރެއްވީ މިދިޔަ އަހަރު ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާ ގައެވެ.

މާލޭގައި މި ކޮލެޖު ގާއިމުކޮށް ހިންގުމުގެ ހުރިހާ ޒިންމާއެއް ހަވާލުކުރަން ސަރުކާރުން ނިންމާފައި އޮތީވެސް އެމްއެންޔޫ އަށެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މަސްވެރިކަމާ ބެހޭ ކޮލެޖެ ގާއިމުކޮށް ފުރަތަމަ މަރުހަލާގައި ކުރު ކޯސްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ކޮލެޖު ގާއިމުކުރުމާ އެކު އެމްއެންޔޫގައި މިހާރު ހިންގާ މަސްވެރިކަމާ ގުޅޭ އެކި ކޯސްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިންގާނީ އެ ކޮލެޖުން ކަމުގައިވެސް ވިދާޅުވި އެވެ.

ޝެހެނާޒް ވިދާޅުވީ މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަމުގެ ކޯސްތަކެއް ވެސް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އަލަށް ފަށާ ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910