ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ކޮންމެ އުޅަނދެއްގައި އެއް ފަޅުވެރިޔަކު ރެސްކިއު ޑައިވަރަކަށް

ފެލިވަރު ބަނދަރުގައި މަސްކިރުމަށް ދޯނިތައް ބަނދަރުކޮށްގެން -- ފޮޓޯ: އަވަސް
50%
0%
50%

މަސްވެރި އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރަކާ ހަމައަށް ތަމްރީންކުރުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފައަށް ބެއްލެވުމަށްފަހު އެވެ.

ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ހަދާއިރު ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން މީގެކުރިން ނުރައްކާތެރި ހާދިސާތައް ހިނގާފައިވެ އެވެ.

އެހެންކަމުން ދައުލަތުން ހަރަދުކޮށްގެން ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެން ރެސްކިއު ޑައިވަރުން ތަމްރީންކުރުމުގެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.

"ރައީސް މި ނިންމެވުން ނިންމާފައިވަނީ ކެބިނެޓުގެ ލަފާފުޅާއެކު، ސަރުކާރު ގަބޫލުކުރާ މިފަދަ ތަމްރީނުތައް ހިންގާ ސެންޓަރުތަކުގައި މިޕްރޮގްރާމު ކުރިއަށް ގެންދިއުމަށް މުހިއްމު ކަމަށް ފެންނާތީ" ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު "ރެސްކިއު ޑައިވަރު" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ހިމަނުއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345